ފިޔަވަޅުތައް ހަރުކަށި ކުރާތީ ރެސްޓޯރެންޓް އެސޯސިއޭޝަނުން މުޒާހަރާ ކުރަނީ
ރެސްޓޯރެންޓް އެސޯސިއޭޝަންގެ މެމްބަރުން އެމީހުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށް އެޗްއީއޯސީ ހިންގާ ދަރުބާރުގެ ކައިރީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
ކޮވިޑް ފެތުރޭ އަދަދުތައް ތިރިކުރުމަށް ރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ފަރާތުން ވަނީ މިރޭ 8:00 އިން ފެށިގެން ފަތިހު 5:00 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެވެ.
މިކަން އިއުލާން ކުރުމާއެކު އާންމުން އަންނަނީ އެޗްޕީއޭއަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.
ދަރުބާރުގޭ ކުރިމައްޗަށް މިއަދު އެއްވި ރެސްޓޯރަންޓުތައް ހިންގާ ފަރާތްތަކުން ވަނީ މި ފިޔަވަޅުތަކާއި ދެކޮޅަށް އިހުތިޖާޖުކޮށް އަޑުއުފުލައިފަ އެވެ. އެގޮތުން ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކުގެ ވިޔަފާރިއަށް ކުރިމަތިވެފައިވާ ދަތިތަކާއި ކަންބޮޑުވުމުގެ ޝުއޫރުތައް ވަނީ ފާޅުކޮށްފަ އެވެ.
ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް19 އާއި ގުޅިގެން ގިނަ ރެސްޓޯރަންޓްތައް ވަނީ ބަނގުރޫޓުވާ ހިސާބުގައި ކަމަށެވެ.