ޚަބަރު

ކެފޭތައް އިތުރު ވަގުތަށް ހުޅުވާފައި ބަހައްޓައިގެން ހައްލެއް ލިބިދާނެ ކަމަކަށް ނުބުނޭ: ރައީސް ނަޝީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކެފޭތައް އިތުރު ވަގުތަށް ހުޅުވާފައި ބަހައްޓައިގެން ޙައްލެއް ލިބިދާނެ ކަމަކަށް އެވިޔަފާރި ހިންގާ ފަރާތްތަކުން ނުބުނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސައި ހޮޓާ، ރެސްޓޯރަންޓް އަދި ކެފޭތައް ރޭގަނޑު 10:30 ވަންދެން ހުޅުވާފައި ބަހައްޓައިގެން ހައްލެއް ލިބިދާނެ ކަމަކަށް އެ ވިޔަފާރި ހިންގާ ފަރާތްތަކުން ނުބުނާ ކަމަށާއި މިހާރު ބޭނުން ވަނީ މުޅިން ދޫކޮށްލަން ކަމަށެވެ.

"ސައި ހޮޓާ، ރެސްޓޯރަންޓް އަދި ކެފޭތައް ރޭގަނޑު 10:30 ވަންދެން ހުޅުވާފައި ބަހައްޓައިގެން ހައްލެއް ލިބިދާނެ ކަމަކަށް އެ ވިޔަފާރި ހިންގާ ފަރާތްތަކުން ނުބުނާ ކަމަށާއި މިހާރު ބޭނުން ވަނީ މުޅިން ދޫކޮށްލަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ރޭގަނޑު 8:00 ގައި ބަންދު ކުރާ ގޮތަށް ޑިޕާޓްމަންޓް އޮފް ހެލްތުން ނިންމުމާ ގުޅިގެން، އެ ވިޔަފާރި ކުރާ ފަރާތްތަކަށް ގެއްލުންވަމުން އަންނަ ކަމަށް ބުނެ ދާދި ފަހުން ރެސްޓޯރަންޓް އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފަދަ ޕްރެޝަރުތަކެއްގެ ސަބަބުން ރޭގަނޑު 10:30 ވަންދެން ސައިހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭ ގޮތަށް މިއަދު ވަނީ ބަދަލު ކޮށްފައެވެ.

ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ހިންގާ ފަރާތްތަކަށް ލިބެމުން އަންނަ ގެއްލުންތަކާ ގުޅިގެން ރައީސް ނަޝީދު އިއްޔެ ވެސް ވަނީ، ކެފޭ ރެސްޓޯރެންޓު ހިންގާ ފަރާތްތަކަށް ވަމުން އަންނަ ގެއްލުންތައް ކުޑަ ކުރެވެން އޮތީ ލޮކްޑައުން އުވާލައިގެން ކަމަށް ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!