ޚަބަރު

އިދިކޮޅު މުޒާހަރާގެ ތެރެއިން 7 މީހަކު ހައްޔަރު ކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
އިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާލޭގައި މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 7 މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by STELCO

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިހާތަނަށް 7 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ލީޑަޝިޕްގެ ބައެއް އިސް ފަރާތްތައް ވެސް ހިމެނޭ ކަމަށެވެ.

އެގޮތުން ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލާއި ކުރީގެ މެންބަރު މުހައްމަދު ޝާހިދު ހައްޔަރު ކޮށްފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ އޮފީސް ކުރިމަތިން މިއަދުގެ އިހުތިޖާޖް ފަށާފައި ވަނީ އަޅުވެތިކަމާ ދެކޮޅަށް ކުރިއަށްގެންދާ އިހުތިޖާޖެއްގެ ގޮތުގައި އިންޑިއާގެ މިލިޓަރީން ރާއްޖޭން ފޭބުމަށް ގޮވާލަމުންނެވެ.

ޕީޕީއެމްގެ އޮފީސް ދޮރުމަތިން އިހުތިޖާޖް ފެށުމާއެކުު ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިން މަގު މައްޗަށް ނުނުކުމެވޭގޮތަށް ޕީޕީއެމްގެ އޮފީސް ތެރެއަށް ވައްދާ، ޕީޕީއެމްގެ އޮފީސް ދޮރުމަތީ ފުލުހުންގެ ސަފު އަތުރާލައި، ބައިވެރިންނަށް ވަނީ ހުރަސް އަޅާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!