އުނގޫފާރު ކްލަސްޓާ: އިތުރު 4 މީހަކު ފަައްސިވެއްޖެ

ރ. އުނގޫފާރުން އިތުރު 4 މީހަކު ފައްސިވެއްޖެއެވެ.
ކަރަންޓީނުގައި ނެތް މީހަކު ފައްސިވުމާ ގުޅިގެން އެރަށް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެރަށުން ފުރަތަމަ ފައްސިވެފައިވަނީ 50 އަހަރުގެ އަންހެނެކެވެ. އޭނާ ބައްޔަށް ޓެސްޓުކޮށްފައި ވަނީ ބަލީގެ އަލާމާތްތައް ހުރުމުގެ ސަބަބުންނެވެ.
އެރަށުން ކޮވިޑަށް ފައްސިވި އަންހެން މީހާގެ ފިރިމީހާ އަކީ ބޯޓު ދަތުރު ކުރާ މީހަކަށް ވުމުން، އެ ބޯޓުން ދަތުރު ކުރިން އެންމެން ވަނީ ޓެސްޓު ކޮށްފައެވެ.
އަދި އެރަށް މޮނިޓަރިންގެ ހާލަތަށް ލައި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.