ޚަބަރު

ގައުމުގެ މިސްރާބު ހުރީ ނުބައި ދިމާލަކަށް: މުސްތަފާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ގައުމުގެ މިސްރާބު ހުރީ ނުބައި ދިމާލަކަށް ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

Ads by MWSC
މުސްތަފާ މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ކާޑުގެ ބާވަތްތައް ގަންނަން އެސްޓީއޯއަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދިނުމާ ގުޅިގެން މުސްތަފާ ވިދާޅުވީ ގައުމުގެ މިސްރާބު ހުރީ ނުބައި ދިމާލަކަށް ކަމަށެވެ. އަދި މި ގައުމަކީ “ފުޑް ސެކިއުރިޓީ” ވެސް ނެތް ގައުމެއް ކަމަށެެވެ.
މީގެ އިތުރުން މުސްތަފާ ވިދާޅުވީ ކާޑުގެ ބާވަތްތައް ގަންނަން ސޮވެރިން ގެރެންޓީ ދޫކުރާ ހިސާބަށް ދިއުމަކީ ގައުމެއް ވެއްޓޭނެ އެންމެ ދަށު ދަރަޖަ ކަމަށެވެ.
“ހަނޑޫ، ހަކުރު، ފުށް ސޮވެރިން ގެރެންޓީ އިން ގަންނަން ޖެހުމަކީ ކުޑަ ކަމެއް ނޫން. މާނަ އަކީ ދިވެހިން ކާން ވެސް މި ޖެހުނީ ދަރަންޏަށް. އެތެރެހަށްޓަށް ލާ ކާއެތިކޮޅު ވެސް ހަލާލެއް ނުވި” މުސްތަފާ ކުރި ޓްވީޓެއްގައި ވެއެވެ.
ކާޑުގެ ބާވަތްތަކާއި ބޭސް ގަތުމަށް އެސްޓީއޯ އިން ނެގި 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ގެ ލޯނަކަށް އަނެއްކާ ވެސް ސަރުކާރުން ވަނީ ސޮވެރިން ގެރެންޓީ ދީފައެެވެ. މިސަރުކާރު ވެރިކަމަށް އައި ފަހުން މިހާތަނަށް ފަސް ލޯނަކަށް ސޮވެރިން ގެރެންޓީދީފައި ވެއެވެ. އެއީ ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9 ބިލިއަން ރުފިޔާ) އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!