ވެރިކަން ކުރެއްވިލެއް ފުރިހަމަ ކަމުން ރައްޔިިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.
މުސްތަފާ ވިިިިދާޅުވީ ރައީސް މައުމޫން ވަރުގެ މޮޅު އަދި ކުޅަދާނަ ބޭފުޅެއް މިގައުމުގައި ވެރިކަން ނުކުރައްވާ ކަމަށެވެ. މިގޮތުން މުޅިި ގައުމު ހިފެހެއްޓެވީ 4 ބިލިއަން ރުފިިޔާއަށް ކަމަށް މުސްތަފާ ވިދާޅުވިއެވެ.
"މައުމޫން އަބްދުލް ގައްޔޫމް ވަރުގެ މޮޅު ކުޅަދާނަ ބޭފުޅެއް މި ގައުމުގެ ވެރިކަމެއް ނުކުރޭ. 4 ބިިލިއަން ރުފިޔާ އިން މުޅި ގައުމު ހިފެހެއްޓި! މަގާމުތަކަށް ލާފަ ތިިބިި އެވަރުގެ މޮޅަތި ކުޅަދާނަ މީީހުން ހިތަށް އެރި ވައްކަމެއް ކޮރަޕްޝަނެއް ނުހިންގޭ. ގައުމުގެ ދަރަނިތަކެއް ނެތް" މުސްތަފާ ވިިދާޅުވިއެވެ.
މިސަރުކާރުން ދައުލަތުގެ ދަރަނިވަނީ ކުރީ ސަރުކާރުތަކަށްވުރެ މާބޮޑަށް އިތުރުކޮށްފައިކަމަށާއި އެއީ ރާއްޖޭގެ މުސްތަގުބަލަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އިިދިކޮޅުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް ކޮވިިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އުއްމީދުކުރި ވަރަށް ވުރެވެސް ރަނގަޅުވެފައިވާކަމަށް ސަރުކާރުން ދަނީީ ބުނަމުންނެވެ.
ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުންގެނައި ސިޔާސީ ޕާޓީނިޒާމް އާއި ސިޔާސީ މީހުން މިއަދު މިވަނީ ބޮޑުތަނުން ފެއިލް ވެފައި މިރާއްޖެއަށް އެންމެ ރަގަޅުވާނީ ރަސްކަމުގެ ކޮލިލާ ރަދުން ތަހުތުގައި ވަޑުވާ ވަލީ އަހުދު އައްޔަންކުރާ ރައްޔިތުން ގުންބޯ ހައްދާ ނިޒާމް !
މިކަލޭގެ މޫނަށް މީހަކު ކުޅުނުޖަހާނެ ބާއޭ ހިތަށްއަރާއެބަ.