ކޮވިޑް-19: ފައްސި ކޭސްތަކެއް ފެނުމާ ގުޅިގެން ކުޅުދުއްފުށި މޮނީޓަރިންގަށް ލައިފި

ކޮވިޑް-19 އަށް ފައްސި ކޭސްތަކެއް މިއަދު ފެނުމާ ގުޅިގެން، ހދ. ކުޅުދުއްފުށި ސިޓީ މޮނީޓަރިންގަށް ލައިފިއެވެ.
އެނގިފައިވާ ގޮތުގައި ކުޅުދުއްފުށިން ފައްސި ވެފައި ވަނީ އެރަށު ރީޖަނަލް ހޮސްޕިޓަލުގައި މިއަދު އެޑްމިޓު ކޮށްފައި އޮތް ޅ. އަތޮޅު ރަށަކަށް ނިސްބަތްވާ މީހަކާއި، އޭނާގެ އެހީތެރިއަކަށް ހުރި މީހެކެވެ.
ފައްސިވީ ދެ ކޭސްއާ ގުޅިގެން ކުޅުދުއްފުއްޓަށް އަރައިފޭބުން މިހާރު މަނާ ކޮށްފައިވާއިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
ކުޅުދުއްފުށި މޮނީޓަރިންގަށް ލާފައިވާއިރު، ފެލިވަރުގައި މަސައްކަތް ކުރާ ނައިފަރު މީހަކު ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން ފެލިވަރު ވެސް މޮނީޓަރިންގަށް ލާފައިވާއިރު، މުޅި ޅަވިޔަނި އަތޮޅު ވަނީ އެލާޓަށް ލާފައެވެ.
ރާއްޖޭގައި މިހާރު 22،929 މީހުން ވަނީ މިބައްޔަށް ފައްސި ވެފައެވެ. އަދި 20،359 މީހުން ބަލިން ފަސޭހަ ވެފައިވާއިރު، 66 މީހުން ވަނީ ރާއްޖެއިން މިބަލީގައި ނިޔާވެފައެވެ.
ފައްސިވި މީހާ އެޑްމިޓް ކުރީ ކޮން ތާރީހެއްގައި ތޯ؟؟؟؟