މީހުން

މަޙްލޫފްގެ ހަށިގަނޑަށް އައި "ޗާލު" ބަދަލުގެ ކުރު ވީޑިއޯއެއް ދައްކާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހަށިގަނޑު ރީތިކުރުމަކީ ހަމައެކަނި އަންހެންކުދިން އެކަނި ކުރާ ކަމެއް ނޫނެވެ. މިއީ ގިނަ ފިރިހެނުން ވެސް ނުހަނު ސަމާލު ކަމެއްދޭ ކަމެއްކަން އެންމެންނަށް ވެސް އެނގި ފާޅުވެއެވެ.

Ads by Hajj Corporation

ރާއްޖޭގައި މިފަދައިން ހަށިގަނޑަށް ބޮޑު ބަދަލެއް ގެެނެސް، ހަށިގަނޑު ރީތިކޮށްލި މީހުންގެ ތެރޭގައި މިފަހަކަށް އައިސް އެންމެ ނަން ވިދާލި އެކަކީ އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަޙްލޫފެވެ.

މިނިސްޓަރ މަޙްލޫފްގެ ހަށިގަނޑަށް އައި ބަދަލުތައް ދައްކުވާލައިދޭ ފޮޓޯތަކެއް މީގެ ކުރިން އެމަނިކުފާނު ވަނީ މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ.

އެ ފޮޓޯތަކުން މަޙްލޫފްގެ ޗާލު ބައިސެޕްސް ތަކާއި ސިކްސްޕެކް ފެނިފައި އާޝޯޚް ނުވާ އަންހެނަކު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިއަދު މިނިސްޓަރ މަޙްލޫފް ވަނީ އެ ބައިސެޕްސް ތަކާއި ސިކްސް ޕެކް ގެނައުމަށް އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތުގެ ކުރު ވީޑިއޯއެއް އާންމުކޮށްފައެވެ.

އެވީޑިއޯއިން ފެންނަނީ މިނިސްޓަރ މަޙްލޫފްގެ ހަށިގަނޑު ކުރިން ހުރި ގޮތާއި، ކަސްރަތު ކުރަން އެމަނިކުފާނު ކޮށްފައިވާ މަސައްކަތްތަކާއި މިހާރު ހަށިގަނޑު ހުރި ގޮތެވެ.

މިނިސްޓަރ މަޙްލޫފް އަބަދުވެސް ފާހަގަ ވެފައިވަނީ ކޮންމެ ކަމެއްގައި ވެސް ވަރަށް ހިތްވަރާއެކު ކުރިމަތިލައްވާ، އަމާޒުކުރައްވާ ކޮންމެ ކަމެއް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ

  1. މިސް

    ވ ސަޅި

  2. ލޮލް

    ދެން އަނެއްކާވެސް ގިޔަރު ސެޓު އަޅުވާލާ..!

  3. ޙިހި

    ގަޖްނީ