ޚަބަރު

ޔޫންގެ ޙައްޤުގައި މައިންބަފައިން މުލިއާގޭ ކުރިމަތީގައި އަޑު އުފުލަނީ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ފިލްމީތަރި މުޙައްމަދު ޔުނާންގެ ހަގު ދަރިފުޅު ޔޫން މުޙައްމަދު ޔުނާން ގެ ހިތުގެ އޮޕަރޭޝަން ކުރަން އިންޑިއާއަށް ދާން އާސަންދައިން ހަމަޖައްސާ ނުދީގެން، މުލިއާގޭ ކުރިމަތީގައި އަޑުއުފުލަން ފަށައިފިއެވެ.

Ads by Sosun Fihaara

"ދެން" އަށް އެނގިފައިވާ ގޮތުގައި މުލިއާގޭ ގޭޓު ކުރިމަތީގައި ޔޫން ގޮވައިގެން އަަޑު އުފުލަން ގޮސްތިބީ ޔުނާން އާއި އޭނަގެ އަންހެނުން ފާތިމަތު ރިހުލާ (ރިހޫ) އެވެ.

ފޮޓޯ: ދެން އެމްވީ/ ޢާލިމް އަބްދުއްލަތީފް

"ދެން" އަށް މައުލޫމާތު ދެމުން ރިހޫ ބުނީ މުލިއާގޭ ކުރިމަތީގައި އެމީހުން އަޑު އުފުލަން ގަސްދުކުރީ ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކުއްޖަކަށް އާސަންދައިން ފްލައިޓުން ޖާގަ ނުދީގެންކަމަށެވެ.

ފޮޓޯ: ދެން އެމްވީ/ ޢާލިމް އަބްދުއްލަތީފް

އެނގިފައިވާ ގޮތުގައި އަޑުއުފުލަން އެތަނުގައި އަދި ޔޫން އާއި އޭނަގެ މައިންބަފައިން އެކަނި އެތަނުގައި ތިއްބަސް، އާއިލާގެ އެހެން މީހުން ވެސް އިރުކޮޅަކުން އެތަނަށް ދާން ނިންމާފައިވެއެވެ.

"އަހަރުމެން އެވަރަށް އާދޭސް ކުރިން ކިމްސް ހޮސްޕިޓަލުން ނުހެދެއޭ ސަަރޖަރީއެއް. އާސަންދައިން ފުރަތަމަ ފޮނުވާ ގޮތަށް ތިބީ. އެކަމަކު މިއަދު ގުޅާފަ ބުނީ ކިމްސް އިން ސާޖަރީ ނުހެދެއޭ އެހެންވެގެން ދެން އަންނަ ފްލަައިޓަކުން ވެސް ޔޫން އަށް ޖާގައެއް ދެވެން ނެތް ވާހަކަ އަންގަންށޭ. އެހެންވީމަ އަހަރުމެންނަށް ފުރޭނެ އެއްވެސް ގޮތެއް ނެތިގެން ދެން އިތުރު އެއްވެސް ގޮތެއް ނެތިގެން މިއައީ" އަމިއްލަ ގޮތުން ނުދެވޭނެއްނު؟ ސަރުކާރުން އަހަރުމެން ފޮނުވަންޏާ ދެވެން އޮތީ އާސަންދަ މެދުވެރިކޮށް. އަހަރުމެން އަމިއްލައަށް ދާން އުޅުނަސް އެމަގު ތަނަވަސްކޮށް ނުދޭނެ ކަމަށް އެމީހުން ބުނަނީ. އެއީ އެމީހުންގެ ޕޮލިސީ އާއި ޚިލާފުކަމެއް ކަމަށް. އެމީހުންގެ ޕޮލިސީ އެމީހުންނަށް މާމުހިންމު. ޑޮކްޓަރު ވެސް ބުނެފަ ހުރީ ވީއެންމެ އަވަހަކަށް ޔޫން ގޮވައިގެން ދައްކަން އައުމަަށް. ލަސް ނުކުރުމަށް" ޔުނާން ކިޔައިދިނެވެ.

އުފަންވީއިރު ވެސް ހިތުގެ މައްސަލަތަކެއް ހުރި ކުއްޖެކެވެ. އުފަންވިތާ ދެވަނައަށްވީ ދުވަހު ވެސް ގޮވައިގެން އިންޑިއާއަށް އެމަޖެންސީކޮށް ދާން ޖެހުން ކަމަށާއި ފުރަތަމަ ފަހަރަށް ވެސް ހިތުގެ އޮޕަރޭޝަނެއް އެއިރު ޔޫންގެ ކުރަން ޖެހުނު ކަމަށް ރިހޫ ބުނެފައިވެއެވެ.

"ބޭބީގެ ހިތުގެ ވާތްފަޅި އެއްވެސް ވަރަކަށް މަސައްކަތް ނުކޮށްގެން އެއިރު އޮޕަރޭޝަން ކުރީ. ވިހެއިރު ބޭބީގެ ނޭވާއަށް އުނދަގޫވެ ވެންޓިލޭޓަރަށް ލާން ޖެހުން. އޭގެފަހުން ބޭބީގެ އިކޯއެއް ހެދިއިރު އެނގުނީ ބޭބީގެ ހިތުގެ ވާތްފަޅި އެއްވެސް ވަރަކަށް މަސައްކަތް ނުކުރާކަމާ ލަންގްސް ސްޓިފް ވެފަ ވެސް ހުރިކަން. އެހެންވެ ވަގުތުން ފުރުވާލީ އިންޑިއާއަށް. ހާޓް އޮޕަރޭޝަން ކުރީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގަ. އެކޮޅުގަ އެއިރު ގާތްގަނޑަކަށް މަހެއްވަރު ހުންނަން ޖެހުން" ރިހޫ ކިޔައިދީފައިވެއެވެ.

އޭގެ ފަހުން މިއަހަރު ފެބްރުއަރީ މަހު އަނެއްކާވެސް އިންޑިއާއަށް ގޮސް އޮޕަރޭޝަނެއް ކޮށްފައިވެއެވެ. އަދި މިހާރު އަނެއްކާވެސް ވަނީ ހާލު އިތުރަށް ދެރަވާން ފަށާފައެވެ.

ޔޫން އަށް ފަރުވާ ކުރަން އަމްރިތާ ހޮސްޕިޓަލަށް ދިޔުމަށް އާސަންދަ ވަނީ ލިބިފައެވެ. ނަމަވެސް ކުރިން ޔޫން އަށް ފަރުވާކުރި ޑޮކްޓަރު ޑރ. ސުނިލް މިހާރު އިންނަވަނީ އަމްރިތާ އަކު ނޫނެވެ. އެޑޮކްޓަރު މިހާރު އިންނަވާ ހޮސްޕިޓަލަށް އާސަންދައެއް ނުލިބެއެވެ. އަމްރިތާގެ އެހެން ޑޮކްޓަރަކަށް ދެއްކި ކަމުގައިވިޔަސް، އެހެން ޑޮކްޓަރެއްގެ ކޭސްއަކަށްވުމުން އެމީހުންނަށް ރަނގަޅަށް ބަލަން ނޭނގޭނެތީ، އަމްރިތާގެ ޑޮކްޓަރުން އެވަރަށް ނުބަލާނެ ކަމަށް ޑރ. ސުނިލް ވެސް ވަނީ ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!