ޚަބަރު

އިންތިހާބާ ގުޅިގެން ރާއްޖެއިން ބޭރަށް ފުރާ އޮފިޝަލުން ފުރުމުގެ ކަންކަން ހަމަޖެހިއްޖެ: ޝަރީފު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިލެކްޝަން ކޮމިޝަން -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބާއި ގުޅިގެން ވޯޓުލުމުގެ ކަންކަން އިންތިޒާމު ކުރެއްވުމަށް ރާއްޖެއިން ބޭރަށް ފުރާ އޮފިޝަލުން، ފުރުމުގެ ކަންކަން ހަމަޖެހިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް (އީސީ ޝަރީފް) ވިދާޅުވެއްޖެއެވެ.

Ads by MWSC

އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމްއާ ލަންކާގައެވެ.

މި މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބުގައި، ރާއްޖެއިން ބޭރުގައި ބަހައްޓައި ވޯޓު ފޮށިތައް ބެހެއްޓުމުގެ ހުއްދަތައް ލިބިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިހާރު އެ ކަންކަން ހަމަޖެހި، މި މަހުގެ ހަވަނަ ދުވަހު، އޮފިޝަލުން ފުރާނެކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.

މި ފަހަރު ކައުންސިލު އިންތިހާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓަން ހަމަޖެހިފައި ވަނީ ލަންކާގައި 4 ފޮއްޓާއި އިންޑިއާގައި އެއް ފޮއްޓެވެ.

މި އިންތިޚާބުގައި މުޅިއަކު 735 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވެއެވެ. އަދި އެއްވެސް ވޯޓު ފޮއްޓަކަށް 600 އަށްވުރެ ގިނަ މީހުން ވޯޓު ނުލާނެ ކަމަށް އީސީގެ ރައީސް ވިދާޅުވެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!