ޚަބަރު ރައްޔިތުންގެ މަޖިލިސް

ރޯދަމަހު މަޖިލީހުގެ ޖަލްސާތައް ފަށާނީ ހެނދުނު 10:30ގައި

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ ރަމަޟާންމަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނީ ހެނދުނު 10:30 އިން މެންދުރުފަހު 2:00އާ ހަމައަށް ކަމަށް ކަނޑައަޅައިފިއެވެ.

Ads by Sosun Fihaara

މަޖީލީހުގެ ރައީސް މުޙައްމަދު ނަޝީދު މިކަން އިއުލާންކޮށްފައި ވަނީ މިއަދު ބޭއްވި މަޖިލިސް ޖަލްސާގައެވެ. ނަޝީދު ވިދާޅުވީ ރަމަޟާން މަހު ޖަލްސާތައް އޮންނާނެ ކަމަށާއި، އެ ގޮތުން ފުރަތަމަ ދަންފަޅި ކުރިއަށް ދާނީ ހެނދުނު 10:30 އިން މެންދުރު 12:00އަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއަށް ފަހު އެއްގަޑިއިރުގެ ހުސް ވަގުތަށް ފަހު މެންދުރު ފަހު 1:00 އިން 2:00އަށް ޖަލްސާ ކުރިއަށް ދާނެކަން މަޖިލީޙުގެ ރައީސް ފާހަގަ ކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ، މިއަދުގެ ޖަލްސާއަކީ ރަމަޟާން މަހުގެ ކުރިން ބާއްވާ ފަހު ޖަލްސާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ ގަޑި އެ ގޮތަށް ކަނޑައެޅިފައި ވީ ނަމަވެސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް އެކި ގަޑިތަކުގައި ކުރިއަށް ދާނެކަމަށެވެ.

މިއަދުގެ ޖަލްސާއަށް 22 މެމްބަރަކު ސަލާމް ވިދާޅުވެފައިވާ ކަމަށާއި، މަޖިލީހަށް ވަޑައިގަތީ ވެސް 22 މެމްބަރުން ކަމަށް ނަޝީދު ވިދާޅުވިއެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މިއަދުގެ ޖަލްސާއަށް ސަލާމް ވިދާޅުވި 22 މެމްބަރުންގެ ތެރެއިން 20 މެމްބަރުން ވަޑައިގަތީ އެ މެމްބަރުންގެ ދާއިރާއަށް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!