ޚަބަރު

12 ޞިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްޤީ ކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ ސިއްޙީ ނިޒާމް ލާމަރުކަޒު ކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން 12 ރަށެއްގެ ޞިއްހީ މަރުކަޒުތައް، އިތުރު ޚިދުމަތްތަކާ ވަޞީލަތްތަކާއެކު، ހޮސްޕިޓަލް ފެންވަރަށް ބަދަލު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރ މިހެން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާޞަބަތުގައި ދެއްވި ޚިޠާބުގައެވެ. އެ ޚިތާބުގައި ރައްޔިތުންނާ ގާތުން ޞިއްހީ ޚިދުމަތް ދީ، ޞިއްހީ ރައްކާތެރިކަން ދުރާލާ ކަށަވަރު ކުރުމުގެ ތެރެއިން މިހާރާއި ކުރިމަގުގެ ޖީލުތަކުގެ ޞިއްހީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް، ޕްރައިމަރީ ހެލްތުކެއަރގެ އައު މަޝްރޫއެއް މުޅި ޤައުމުގައި ފެށިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ 12 ރަށެއްގެ ޞިއްހީ މަރުކަޒުތައް އިތުރު ޚިދުމަތްތަކާ ވަޞީލަތްތަކާއެކު، ހަސްފަތާލުގެ ފެންވަރަށް ތަރައްޤީ ކުރެވިގެންދާނެ." ނަސީމް ވިދާޅުވިއެވެ.

އަދި ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ޚިދުމަތް ދިނުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި، އެއީ ޚަރަދު ބޮޑު އުނދަގޫ ކަންކަން ކަމުގައި ވީ ނަމަވެސް ސަރުކާރުގެ އަމާޒަކީ މާލެއާ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެން ހުރި ޞިއްޙީ ޚިދުމަތްތަކުގެ ތަފާތުތައް ކުޑަކޮށް ޞިއްހީ ފަރުވާއަށް މާލެ އައުމަށް ބަރޯސާވާން ޖެހޭ މިންވަރު މަދު ކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ވެކްސިން ޕްރޮގްރާމް އިތުރަށް ހަރުދަނާ ކޮށް ކޮވިޑް-19 އާއި އަދި މިނޫން ވެސް ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ދެވޭ ވެކްސިންތައް ކަށަވަރު ކުރެވިގެންދާނެ ކަމަށާއި ޞިއްޙީ ކުއްލި ނުރައްކަލެއް އަދި މިފަދަ އެހެން ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން، ދާއިމީ ކަރަންޓީނު ފެސިލިޓީތައް ޤާއިމު ކުރުމާއި، މިހާރު ރާއްޖޭގެ އެކި ހިސާބުގައި ޤާއިމު ކުރެވިފައިވާ ކޮވިޑް ފެސިލިޓީތައް ކުރިމަގުގައި ވެސް ބޭނުން ކުރެވޭނެހެން ބައްޓަންކޮށް ދެމެހެއްޓޭނެ ގޮތެއް ހޯދައިދޭނެ ކަމަށެވެ.

މިނިސްޓަރގެ ޚިޠާބުގައި ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ޚާއްޞަކޮށް “ކޮވިޑް އިޖާބަ” އަށް ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަ ކުރައްވާ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

Ads by Allied Insurance
  1. ޖައުފަރު

    ީނަންބޯޑް އެކަނި ބަދަލު ވާނ.

  2. ައަލިބެ

    ބާޢީ އަކަށް ނުކުރެވޭނެ ތި ކަމެއް.

  3. ކިނބޫ

    ކެރަފާ ބަޣާވާތް ފެންވަރަށް ހަދާ! އަނގަ އަރުވާ ބައިގަނޑެއް. މުސްކުޅި އަޖޫޒަކަށް ނުވާނެ ތިކަމެއް.

  4. ދިގުމާ

    ޝުކުރިއްޔާ ބޮޑު ބާޣީ!

  5. ފަތުހިބެ

    އަހަރެމެން ދެކެން ފޮނި ކަނޑާ މީހުން…މި ނޫނަސް..2009-2011 ގަ ހުޅުދުއްފާރުގަ އެޅި ތާރު ހެއްކަކަށް ފުދޭނެ