ދުނިޔެ

ޕްރިންސް ފިލިޕްގެ ޖަނާޒާއަށް ހެރީ ގިނިކަންޏާ އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތުގެ ފިރިކަލުން ޕްރިންސް ފިލިޕްގެ ޖަނާޒާއަށް، ކާފަ ދަރިކަލުން ޕްރިންސް ހެރީ އިނގެރޭސި ވިލާތަށް ވަޑައިގަންނަވަން އުޅުއްވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

Ads by Sosun Fihaara

އަނބިކަނބަލުން މޭގަން މާކްލް އާއެކު އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރެއްވި ފަހުން، މިއީ ޕްރިންސް ހެރީ އެނބުރި އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

"ދަ މިރޯ" ގައި ބުނެފައި ވަނީ، އިނގިރޭސިވިލާތަށް އެނބުރި ވަޑައިގަންނަވަނީ އަނބިކަނބަލުން މޭގަން މާކްލް އާއި ދަރިކަލުން އާޗީ، އެމެރިކާގައި ބަހައްޓާފައި ކަމަށެވެ. އެއީ މޭގަން މިވަގުތު އިންނެވީ އާލާސްކަންފުޅާ ކަމަށްވާތީ، ދަތުރުކުރުމުން އެކަމަނާގެ ސިއްޙީ ހާލުކޮޅު ދެރަވެދާނެތީ ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ޕްރިންސް ފިލިޕްގެ ޖަނާޒާއަށް ޕްރިންސް ހެރީ، އިނގިރޭސިވިލާތަށް އެނބުރި ވަޑައިގަތުމާ ގުޅޭގޮތުން ޝާހީ ޢާއިލާއާއި ވެސް މިހާރު މަޝްވަރާ ކުރައްވާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް ހެރީ އެ ޤައުމަށް އެނބުރި ވަޑައިގަންނަވާ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!