އިންތިޚާބުގެ އަދާހަމަ: ވޯޓުލާން ގިނައިން ދިޔައީ ފިރިހެނުން

މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި މިއަދު ވޯޓުލާން ގިނައިން ގޮސްފައި ވަނީ ފިރިހެނުންކަން، އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި އަދާހަމައިން ދައްކައިފިއެވެ.
އެގޮތުން މިހާތަކަށް ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 67139 އަންހެނުންނާއި 71305 ފިރިހެނުންކަން 15:40ގައި އިއުލާނުކުރި އަދާހަމައިން ވަނީ ހާމަވެފައެވެ.
މިފަހަރުގެ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓައިފައިވަނީ 713 ފޮއްޓެވެ. އޭގެތެރެއިން އެ ހުރިހާ ފޮއްޓެއްގައި ވެސް ވޯޓުލާން ފެށިއިރު، އެއް ފޮށީގެ ވޯޓުލުން މިހާރު ވަނީ ބަންދު ކޮށްފައެވެ.
މިފަހަރުގެ ކައުންސިލު އިންތިހާބުގައި، ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ 273128 ފަރާތަކަށެވެ. އޭގެތެރެއިން މިހާރު 138444 މީހުން ވޯޓު ލައިފިއެވެ.