ވޯޓުލާ ނިމޭއިރު ބޮޑުތަނުން ކުރީގައި އޮންނާނީ ޕީޕީއެމް: އަދުރޭ
މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވޯޓުލުން ނިމޭއިރު ބޮޑުތަނުން ކުރީގައި އޮންނާނީ ޕީޕީއެމް ކަމަށް އިދިކޮޅު ހިންގުމާ ހަވާލުވެ ހުންނެވި ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ވިދާޅުވީ އިންތިޚާބުގައި ވާދަވެރި ފަރާތަކަށް މިއަދު ޕީޕީއެމް، ޕީއެންސީ ކޯލިޝަން ކަމަށާއި އިދިކޮޅުން އިންތިޚާބަށް ނުފޫޒެއް ނުފޯރުވޭނެ ކަމަށެވެ. އަދި އިންތިޚާބަށް ނުފޫޒު ފޯރުވޭނީ ސަރުކާރަށް ކަމަށާއި އެކަން ސަރުކާރުން ކުރައްވަމުން އެބަ ގެންދަވާ ކަމުގައި ވެސް އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަދުރޭ ވަނީ އެކަކު ތަކުރާރުކޮށް ވޯޓުލަމުން އެބަ ގެންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެ ގޮތުން މާފަންނު މެދު ދާއިރާގައި އެކަން ހިނގައިފި ކަމަށާއި ސޯޝަލް ސެންޓަރުގައި ހުރި ފޮށީގައާއި އަމީނިއްޔާގައި ހުރި ފޮށީގައި ވެސް އެކަން ހިނގާފައި ވާ ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ. އަދި މިއީ އެތަނުގައި ހަރަކާތްތެރިވާ އެންމެންނަށް ވެސް އެނގޭ ކަމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އިދިކޮޅު ކޯލިޝަނުން ތިއްބެވީ ޔަގީން ކޮށްގެން ކަމަށާއި އިންސާފުވެރިކަމާއެކު މިހާރު ކަނޑައެޅިފައިވާ ވަގުތަށް ވޯޓުލުން ނިންމާލައިފި ކަމުގައި ވާ ނަމަ ބޮޑުތަނުން އިންތިޚާބު ކާމިޔާބު ކުރާނީ ޕީޕީއެމުން ކަމަށެވެ.
ޔަގީން ތާ