ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމަށް ޕީޕީއެމްގެ އިއްބެ، މަރުޙަބާ!

މާލެ ސިޓީގެ ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރެއްވި އިބްރާހީމް މުޙައްމަދު (އިއްބެ) އެ ދާއިރާއިން ކުރި ހޯއްދަވައިފިއެވެ.
މިހާރު ގުނަމުންދާ ފޮށިތަކަށް ބަލާއިރު އިއްބެ ވަނީ ފަސް ފޮށިން ކުރި ހޯދައިފައެވެ. އިއްބެއާ ވާދަކޮށްފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓް ނަޖީލް އަޙުމަދެވެ.
މިހާރު ލިބެމުންދާ ނަތީޖާތަކަށް ބަލާއިރު ޕީޕީއެމުން ދަނީ މާލެއިން ބޮޑެތި ކާމިޔާބުތަކެއް ހޯދަމުންނެވެ. އެގޮތުން މާލޭގެ މޭޔަރުކަމުގެ ގޮނޑިވެސް ޕީޕީއެމްގެ ކެނޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކާމިޔާބު ކުރައްވައިފައެވެ. މީގެ އިތުރުން އަތޮޅުތަކުގެ ނަތީޖާތަކުން ވެސް ޕީޕީއެމުން ދަނީ ކުރިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.