މާފަންނު މެދު ދާއިރާއަށް ނަރީޝް، މަރުޙަބާ!

މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މާފަންނު މެދު ދާއިރާއަށް ވާދަ ކުރެއްވި އިދިކޮޅު ކެނޑިޑޭޓް ޕީއެންސީގެ ކައުންސިލް މެމްބަރު އަދި ޓީވީ ޕްރެޒެންޓަރ އަހުމަދު ނަރީޝް ކުރި ހޯދައިފިއެވެ.
މިހައިތަނަށް އާންމު ކުރި ނަތީޖާތަކަށް ބަލާއިރު ނަރީޝް ވަނީ ބޮޑު ތަފާތެއް ހޯދައިފައެވެ. ނަރީޝާ ވާދަ ކުރީ އެމްޑީޕީގެ ކެނޑިޑޭޓް އަޙުމަދު ރިޝްވާންއެވެ.
މިހާރު ލިބެމުންދާ ނަތީޖާތަކަށް ބަލާއިރު ޕީޕީއެމުން ދަނީ މާލެއިން ބޮޑެތި ކާމިޔާބުތަކެއް ހޯދަމުންނެވެ. އެގޮތުން މާލޭގެ މޭޔަރުކަމުގެ ގޮނޑިވެސް ޕީޕީއެމްގެ ކެނޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކާމިޔާބު ކުރައްވައިފައެވެ. މީގެ އިތުރުން އަތޮޅުތަކުގެ ނަތީޖާތަކުން ވެސް ޕީޕީއެމުން ދަނީ ކުރިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.
އޯ ހެލް ނޯ