ޕީޕީއެމްގެ އައްލޮ ވެސް ބޮޑުތަނުން ގޮނޑި ކާމިޔާބު ކޮށްފި، މަރުޙަބާ!

މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މާފަންނު ދެކުނު ދާއިރާއަށް ވާދަ ކުރެއްވި ޕީޕީއެމްގެ ކެނޑިޑޭޓް ޢަބްދުﷲ ނާޞިިރު (އައްލޮ) ގޮނޑި ކާމިޔާބު ކޮށްފިއެވެ.
އެމްޑީޕީގެ ކެނޑިޑޭޓް ޙުސައިން ޝަރީފް (ލޯންގޭ) އާ ވާދަކޮށް އައްލޮ ވަނީ ބޮޑުތަނުން ކާމިޔާބު ހޯދައިފައެވެ.
މިހާރު ލިބެމުންދާ ނަތީޖާތަކަށް ބަލާއިރު ޕީޕީއެމުން ދަނީ މާލެއިން ބޮޑެތި ކާމިޔާބުތަކެއް ހޯދަމުންނެވެ. އެގޮތުން މާލޭގެ މޭޔަރުކަމުގެ ގޮނޑިވެސް ޕީޕީއެމްގެ ކެނޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކާމިޔާބު ކުރައްވައިފައެވެ. މީގެ އިތުރުން އަތޮޅުތަކުގެ ނަތީޖާތަކުން ވެސް ޕީޕީއެމުން ދަނީ ކުރިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.