ރ.މީދޫ ކައުންސިލްގެ 5 ގޮނޑި ވެސް ޕީޕީއެމްއަށް

ރ.މީދޫ ކައުންސިލްގެ ފަސް ގޮނޑިވެސް ޕީޕީއެމުން ކާމިޔާބު ކޮށްފިއެވެ.
މީދޫ ކައުންސިލްގެ ރައީސް ކަމަށް ހަސަން ޝަރީފް ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް ޤާސިމް ސަޢީދުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.
މީގެ އިތުރުން އެރަށު ކައުންސިލްގެ މެންބަރުކަމަށް އިންތިޚާބު ވެފައި ވަނީ އަލީ ރަޝީދާއި މުހައްމަދު ޝިހާމްއެވެ. މި ދެ ކެނޑިޑޭޓުންނާ ވާދަކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް އަބްދުﷲ ރަޝީދާއި އަމިއްލަ ކެނޑިޑޭޓް ހުސައިން އަފީފެވެ.
ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ދެ ގޮޑި ކާމިޔާބު ކުރެއްވީ ރަޝީދާ އަބްދުﷲ އާއި މަރިޔަމް ސަޢީދާ އެވެ. މި ދެ ކެނޑިޑޭޓުންނާ ވާދަކުރެއްވީ އެމްޑީޕީގެ ޖަމީލާ ހުސައިން އާއި އީނާސް ރާފިޢު އެވެ.
ރ.މީދޫގެ އިތުރުން އެ އަތޮޅުގެ ގިނަ ރަށްރަށެއްގެ ގޮނޑިތައް ޕީޕީއެމުން ވަނީ ކާމިޔާބު ކޮށްފައެވެ.