Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައްޔިތުން ކުރެއްވި އިތުބާރު ، އަމާނާތްތެރިކަމާއެކު ނަތީޖާއިން އަދާކޮށްދޭނަން: މުޢިއްޒު

ރައްޔިތުން ކުރެއްވި އިތުބާރު ، އަމާނާތްތެރިކަމާއެކު ނަތީޖާއިން އަދާކޮށްދޭނަން: މުޢިއްޒު

މަގާމުގެ މަސްއޫލިއްޔަތު އަމާނާތްތެރިކަމާއެކު އަދާކޮށްދެއްވާނެ ކަމަށް އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް އިންތިޚާބުވި ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މުޢިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ކުރިމަގު ބައްޓަން ކުރުމުގައި ނަތީޖާ ނެރެދެވޭނެކަމުގެ ޔަގީންކަން އެ މަނިކުފާނާމެދު އޮތްކަން މާލޭގެ ރައްޔިތުން ހާމަކޮށްދެއްވީތީ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށާއި ރައްޔިތުން ކުރެއްވި އިތުބާރު ، އަދާ ކޮށްދެއްވާނީ ނަތީޖާއިން ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/mmuizzu/status/1381131013720399876?s=21

އިއްޔެ ބޭއްވި އިިންތިޚާބުގައި މުޢިއްޒު ވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަނަސް ޢަބްދުއްސައްތާރު ، ބޮޑު ތަނުން ބަލި ކުރައްވާފައެވެ. މީގެ އިތުރުން ޕީޕީއެމްގެ ޓިކެޓްގައި މާލެއަށް ކުރިމަތިލި ކެނޑިޑޭޓުން ވެސް ވަނީ ފުރިހަމަ ނަތީޖާއެއް ހޯދައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް