ޚަބަރު

ހުރިހާ މޭޔަރުންނަށް ވެސް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިއްޔެ ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި ރާއްޖޭގެ ސިޓީ ކައުންސިލުތަކުގެ މޭޔަރުންނަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފޯނުން ގުޅުއްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޞާލިޙް ވިދާޅުވީ، ހުރިހާ މޭޔަރުންނަށް ވެސް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މިދިޔަ އަހަރު ބާއްވަން ، ފުރަތަމަ ޝެޑިއުލް ކުރި މި އިންތިޚާބުގައި ހަތަރު ސިޓީގެ ތެރެއިން 3 ސިޓީއެއް އެމްޑީޕީން ވަނީ ހޯދައިފައެވެ. އެއީ އައްޑޫ ސިޓީއާއި ފުވައްމުލަކުގެ އިތުރުން ކުޅުދުއްފުއްޓެވެ. އެމްޑީޕީއަށް ގެއްލިފައި ވަނީ ލާމަރުކަޒީ ގާނޫނަށް އިންތިޚާބު ކުރާން ފެށީއްސުރެ އެ ޕާޓީން ރަސްކަން ކުރަމުންދާ މާލެއެވެ.

މާލޭގެ މޭޔަރު ހިމެނޭހެން ، ޕީޕީއެމުން ވަނީ ސިޓީ ކައުންސިލްގެ 12 ގޮނޑި ކާމިޔާބު ކުރުމާ ގާތަށް ޖެހިފައެވެ. މާލޭގެ މޭޔަރުކަން ޕީޕީއެމްގެ ކެނޑިޑޭޓް މުޙައްމަދު މުޢިއްޒު ކާމިޔާބު ކުރެއްވީ 5000 ވޯޓްގެ ތަފާތަކުންނެވެ.

Ads by Ooredoo
  1. ޟަރީ

    ތިހެން ބުނާނެ ގުނބޯ ހައްދަން

  2. ކިނބޫ

    ދޭތެރެއަކުން ކީރިތި ކުރައްވާފަ ގޮސް ކަލޭ އިނދޭ ގޮނޑި އަނބުރަން.

  3. ދޮގެއްތަ؟

    މަރުވެފަ ހުރި މައްޔިތަކު ކޮން އެއްބާރުލުމެއްތަ ދެވޭނީ؟

  4. ސަފާ

    ރ ސޯލިހުވެސް ރ ނަޝީދުވެސް ހަދަނީ ދޮގު ނިކަން އަވަހަށް މެސެޖް ލިޔާނެ ފޯނުވެސް ކުރާނެ ކޮށްދޭނަމޭ ބުނާނެ ވޯޓްގެ ދުވަސްވަރު ހަމަލިބުމުން ދެން ފޯނުވެސް ނުނަގާނެ އެޕޮއިންޓް މެންޓެއްގެ މިންވަރު ނުދޭތާ ބިޒީކަމުން ބައްދަލުވެސް ނުކުރާނެ ކެންޕޭނު ދުވަސްވަރު ގޭގެ އާއި ނިކަމެތިން ފަލީހަތް ކުރަން އެއްޗެހި ދޮވެ ކުނިކަހާ ޖިފުޑިތައް ބަލާ ކަންމަތީ ހޮޓާތަކުން ފެނި ކުަޑަކުދިން އުރާ މިހެންގޮސް ނުކުރާކަކަމެއްނޯވޭ ބޭނުމަކީ ކޮބާ ވީޑިއޯ ކުރުން އަމަލުން ދައްކަންވީ ޕޮލިހުން ނިކުމރ ނިކަމެތި ރައްޔިތު މީހާ ފެލާލަނީ އަސަރެއްނުކުރޭ ކުރާމަސައްކަތުގެ ލާރި ކޮޅު ފެލާލަނީ ބޮޑުން ފިނި ކޮޓަރީގަ ދުނިޔޭގެ ޤައުމު ތަކުގާ އުދުހެނީ ނިކަމެތިން ބަޑުހައި ހޫނުގައި ދޭ ކަދުރު ކޮޅުވެސް ބޮޑުންބޭނުން ގޮތަކަށް ސަނާކިޔާ މީހުނަށް ބަހަނީ ކެންޕޭނު ކުރަން ރައްޔަތުން ދޜހާ އަވީގަ ފިނީގަ ކަރުން ފެލެނީ ވީކަމެއްހަރާން ގެދޮރު އަޅަން ފެށި މީހުން ލޯނުގަޑެއްގެ މިންވަރުވެސް ނުދޭ އަބަދަކު ރައްޔިތުނެއް ސަނާކިޔާ އަތް ނުތަޅާނެ މިއަދު މިލިބުނީ ފިލާވަޅެއްކަން ހަދާން ކުރޭ އަހަރެމެންގެ ޤައުމު ބިދޭންސީން ގެ އަށްޑަޔަކަށް ނުހަދާ މީ ވަރަށް ވާހަކަ