ޚަބަރު

މޭޔަރު ޝިފާ މުޢިއްޒަށް މަރުހަބާ ވިދާޅުވެއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މާލެ ސިޓީގެ މޭޔަރު ޝިފާ މުޙައްމަދު ، އިންތިޚާބީ މޭޔަރު މުޙައްމަދު މުޢިއްޒަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

Ads by STELCO

އެ ކަމަނާ މުޢިއްޒަށް މަރުޙަބާއާއި ތަހުނިޔާ ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ. އަދި މުޢިއްޒު ވެސް ވަނީ އެ ކަމަނާއަށް ޝުކުރު އަދާ ކުރައްވާފައެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްގެ އިންތިޚާބުން މާލޭގެ މޭޔަރުކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ޑރ.މުޙައްމަދު މުޢިއްޒަށް ވެރިކަން ކުރާ ޕާޓީގެ އިސްވެރީންނާއި އާންމު މެމްބަރުން ވެސް ދަނީ މަރުޙަބާ ދަންނަވަމުންނެވެ.

އެމްޑީޕީގެ ކެނޑިޑޭޓް އަނަސް ޢަބްދުއްސައްތާރުގެ މައްޗަށް މުޢިއްޒު ކުރި ހޯއްދެވީ 64 އިންސައްތާ ވޯޓް ހޯއްދަވައިގެންނެވެ.

  1. ސަފާ

    މީހުނަށް މަލާމަތް ކުރުމުގެ ނަތީޖާ އެކަލާނގެ ނިންމުން ބިރެއް ނުގަނޭތަ އަޖާބެއް ނުވޭތަ ޕާޓީގެ މެންބަރުން ޕާޓީ ދެކެ ފޫހި ކުރެއްވީ ދެންވެސް ވިސްނާ 23 ވެސް އޮތީ އެކަލާން ރަސޫލާ އަށް އިހްތިރާމްކުރޭ ނަމާދު ޤާއިމް ކޮށް މި މާތް މަސްވަރު ޤުރުއާން ކިޔެވުންތައް ގިނަކޮށް ނަހީ ކުރެއްވި މަޤު ތަކުން ރައްޔިތުނަށް ސަލާމަތް ވުމަށް ދީނީ ދަރުސުތައް ގިކުރޭ ފަޤީރުނަށް އެހީފޯރުކޮށްދީ ތަވަސްކަށް ނެއްމީހުނަށް ޞޮދަޤާތް ދީ