ޖިންސީ ގޯނާ ކުރި ގައްދޫ ރައީސް ފްރޭމް ކޮށްފައި ވާ ކަމަށް މަޢުލޫމާތު ލިބޭ: އަދުރޭ

ޖިންސީ ގޯނާ ކުރި ގައްދޫ ރައީސް ފްރޭމް ކޮށްފައި ވާ ކަމަށް މަޢުލޫމާތު ލިބޭ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް،ޕީއެންސީގެ ފަރާތުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ ގދ. ގައްދޫގެ ކައުންސިލު ރައީސް ކަމަށް ހޮވިވަޑައިގެންފައިވާ މުޙައްމަދު އަޙުމަދުގެ މައްޗަށް ކޮށްފައިވާ ޖިންސި ގޯނާ ކުރިކަމުގެ ތުހުމަތަކީ އެބޭފުޅާ ފްރޭމް ކޮށްގެން ކޮށްފައިވާ ތުހުމަތެއް ކަމަށް މައުލޫމާތު ލިބިލައްވާ ކަމަށެވެ.
"ގައްދޫ ކައުންސިލުގެ ރައީސް ކަމުގެ މަގާމަށް އެބޭފުޅާ ކުރިމަތިލެއްވި ފަހުން ދިމާވި މައްސަލައެއް މި ދިމާވީ. އެ މައްސަލަ ކުރިމަތިވެފައި ވަނީ އަޅުގަނޑުމެންގެ ޓިކެޓުގައި ވާދަ ކުރައްވަން ނިންމަވާ، ކެމްޕޭނު ވެސް ކުރައްވަނިކޮށް. މިހާރު ތުހުމަތެއްގައި ހައްޔަރު ކުރައްވާފައި އެ އޮތީ. މައްސަލަ ދަނީ ތަހުގީގު ކުރަމުން. އަދި އެއާ ދޭތެރޭގައި ގޮތެއް ނުނިމޭ. އަޅުގަނޑުމެންނަށް އޭރުވެސް މައުލޫމާތު ލިބިފައި ވަނީ މި ގޮނޑި އެބޭފުޅާ ކާމިޔާބު ކޮށްފާނެތީ ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް." އަދުރޭ ވިދާޅުވިއެވެ.
އެއަށް ބާރު ލިބޭ ކަމަކީ، ގައްދޫ ރައްޔިތުން އެއޮތީ އެބޭފުޅުންގެ ރައީސް ކަމަށް އޭނަ އިންތިހާބު ކޮށްފައި
ޢަބްދުއްރަޙީމް
އަދުރޭ އިތުރަށް ވިދާޅުވީ، އެ މައްސަލަ ހިނގާ ގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އެ ތުހުމަތު މުޙައްމަދު އަޙުމަދުގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާއާ މެދު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.