ލުއި ޚަބަރު

5 އަހަރުގެ ތޫނުފިލި ކުއްޖެއް، ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދީ 2 ގަޑި އިރުން 36 ފޮތް ކިޔައިގެން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

2 ގަޑިއިރު ތެރޭގައި 36 ފޮތް ކިޔައިގެން ދުނިޔޭގެ ރިކޯޑް ފޮތުން އުމުރުން 5 އަހަރުގެ ކުއްޖެއް ޖާގަ ހޯދައިފިއެވެ.

Ads by MWSC

އިންޑިއާ އާއި އެމެރިކާއަށް ނިސްބަތްވާ ކިއަރާ ކައުރް ނަމަކަށް މި އަންހެން ކުއްޖާ ރިކޯޑް ފޮތުން ޖާގަ ހޯދުމަށްޓަކައި ފޮތް ކިޔުމުގައި 2 ގަޑިއިރު ހޭދަކުރީ މެދުކެނޑުމެއް ނެތިއެވެ.

ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުގައި ކިއަރާ ވަނީ ލަންޑަންގެ ރިކޯޑް ފޮތުގެ އިތުރުން އޭޝިޔާގެ ރިކޯޑް ފޮތުން ވެސް ޖާގަ ކަށަވަރު ކޮށްފައެވެ. ލަންޑަންގެ ރިކޯޑް ފޮތުން އޭނާ އަށް ލިބިފައިވާ ލަޤަބަކީ " ޗައިލްޑް ޕްރޮޑިޖީ " އެވެ. އަދި އޭޝިޔާގެ ފޮތުން އޭނާ ހޯދާފައި ވަނީ 105 މިނިޓް ތެރޭގައި މެދުކެނޑުމެއްނެތި 36 ފޮތް ކިޔާ ނިންމާލުމުގެ ހުނަރު އެހާ ޅަ އުމުރުއްގެ ލިބިފައިވާތީ އެކަމުގެ ލަޤަބެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކިއަރާގެ ކިބައިގައިވާ ފޮތް ކިޔުމުގެ ހުނަރު އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ އަބޫ ދާބީގެ ނާސަރީ ސްކޫލެއްގައި ކިއަރާއަށް ކިޔަވައިދިން ޓީޗަރަކަށެވެ. އެ ޓީޗަރަށް ކިއަރާ ސްކޫލް ލައިބްރަރީގައި ވަރަށް ގިނައިން ފޮތް ކިޔަން އިންނަކަށް ވަނީ ފާހަގަ ކުރެވިފައެވެ.

ކިއަރާ ބޭރުގެ މީޑިއާތަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ އޭނާ ފޮތް ކިޔާ ހިތްވަނީ އެ ފޮތްތަކުގައި ހުންނަ ރީތި ފޮޓޯ ތަކުގެ ސަބަބުންނާއި ބޮޑުކޮށް ލިޔެފައި ހުންނާތީ ކިޔަން ފަސޭހަވީމަ ކަމަށެވެ. އަދި އޭނާ އަށް އެންމެ ކަމުދާ ފޮތް ތަކަކީ " އެލީސް އިން ވޮންޑަރ ލޭންޑް"، " ސިންޑްރެލާ"، "ލިޓިލް ރެޑް ރައިޑިންގެ ހުޑް"ގެ އިތުރުން " ޝޫޓިންގެ ސްޓަރ" ކަމަށްވެސް ކިއަރާ ބުންޏެވެ.

ކިއަރާގެ މައިންބަފައިން ބުނި ގޮތުގެ ކޮވިޑްއާ ގުޅިގެން ގޭގައި ދުވަސްތައް ހޭދަކުރަން ޖެހުމުން ކިއަރާ އެންމެ ގިނައިން ކުރި ކަމަކީ ފޮތް ކިޔުމެވެ. މީގެ އިތުރުން ވެސް އާންމު ދިރިއުޅުމުގައި ވެސް ތަންތަނަށް ދަތުރު ކުރާއިރު ކާރުގެ ތެރޭގައި އަދި، ނިދުމުގެ ކުރިން ވެސް ކައިރާ ފޮތް ކިޔާކަން ކިއަރާގެ މަންމަ ފާހަގަ ކުރިއެވެ. އަދި ޖުމުލަ 200 އާ ގާތް ކުރާ އަދަދަކަށް ކިއަރާ ފޮތް ކިޔާފައި ހުންނާނެ ކަމަށް އޭނާގެ މައިންބަފައިން ލަފާކުރެއެވެ.

ކިއަރާ ހޯދި ކާމިޔާބީއަށް އޭނާގެ މައިންބަފައިން ފަޚުރުވެރިއެވެ. އަދި އަބަދުވެސް ބޭނުން ވަނީ ދަރިފުޅަށް އެފަދަ ގިނަ ކާމިޔާބީތައް ލިބުން ކަމުގައި ކިއަރާގެ ބައްޕަ އިންޓަވިއުގައި ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!