ލުއި ޚަބަރު

އެސްފިޔަތައް އެންމެ ދިގު މީހާ އަމިއްލަ ރެކޯޑް އައުކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
{"origin":"gallery","uid":"9C56DF0B-7175-4C7E-95AA-501FDF9530F0_1623424159160","source":"other"}

އެސްފިޔަތައް އެންމެ ދިގު އަންހެން މީހާ އޭނާގެ އަމިއްލަ ރިކޯޑް އައު ކޮށްފިއެވެ.

Ads by MWSC

ޗައިނާއަށް އުފަން ޔޫ ޖިއަންޒިއާއަކީ 2016 ވަނަ އަހަރުގެ ޖޫން 28 ވަނަ ދުވަހުން ފެށިގެން ދުނިޔޭގެ އެސްފިޔަ އެންމެ ދިގު އަންހެން މީހާއެވެ.

ޖިއަންޒިޔާގެ އެސްފިޔައިގެ ދިގު މިނުގައި އޭރު ހުރީ 12.4 ސެންޓިމީޓަރެވެ. އެއީ 4.88 އިންޗެވެ. ނަމަވެސް އޭނާގެ އެސްފިޔަތަށް ދިގުވުމަކަށް ހުއްޓުމެއް ނާދެއެވެ. އެގޮތުން މި ހިނގާ 2021 ވަނަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު އަނެއްކާ ވެސް ޖިއަންޒިޔާ ވަނީ ގިނަސް ރިކޯޑު ފޮތުން އޭނާ 2016 ވަނަ އަހަރު ކަށަވަރު ކުރި ޖާގަ އަނެއްކާ އައު ކޮށްފައެވެ

މިހާރު ޖިއަންޒިޔާގެ އެސްފިޔައިގެ ދިގުމިނަކީ 20.5 ސެންޓިމީޓަރެވެ. އެއީ 8.0 އިންޗެވެ.

ޖިއަންޒިޔާ ބުނި ގޮތުގައި އޭނާގެ އެސްފިޔަތަށް އާދަޔާ ޚިލާފަށް ދިގުވަމުން ދާކަން އޭނާއަށް ފުރަތަމަ ފާހަގަ ކުރެވުނީ 2015 ވަނަ އަހަރުއެވެ. އާންމު އިންސާނުންގެ އެސްފިޔަތަކަށް ވުރެ އޭނާގެ އެސްފިޔަ ދިގުވުމުން އެކަމުގެ ހަޤީޤަތް ހޯދުމަށް ޖިއަންޒިޔާ ވަނީ ޑޮކްޓަރުންގެ އެހީތެރިކަން ވެސް ހޯދައިފައެވެ. ނަމަވެސް ޑޮކްޓަރުންނަށް ވެސް މިކަމުގެ ހަޤީޤަތް ނުހޯދުނެވެ. އަދި އެގޮތަށް އާދަޔާ ޚިލާފަށް އެސްފިޔަ ދިގުވާން މެދުވެރިވާ ސަބަބެއް ބުނެދޭން ވެސް ނޭނގުނެވެ. ޑޮކްޓަރުންނަށް ވެސް އެކަންވީ ހައިރާން ކުރުވަނިވި ރީތި ކަމަކަށެވެ.

ޖިއަންޒިޔާ ބުނި ގޮތުގައި އޭނާ އަމިއްލައަށް ވެސް އެސްފިޔަތައް ދިގު ވަނީ ކީއްވެތޯ ހޯދަން މަސައްކަތް ކުރި ކަމަށެވެ. އެގޮތުން އެއީ އާއިލީ ވާރުތައެއްތޯ ބެލި ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް ޖިއަންޒިޔާގެ އާއިލާގެ އެއްވެސް މެމްބަރަކީ އެހައި އެސްފިޔަ ދިގު މީހެއް ނޫންކަން ވެސް އޭނާ ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!