ރޯދަ މަހު މާލޭގެ ޕާކުތައް ހުޅުވާނީ ހަވީރު 4 ޖަހާއިރު
ރަމަޝާން މަހު މާލޭގެ ބޮޑު ދެ ޕާކު ކަމަށްވާ ލޮނު ޒިޔާރަތް ޕާކާއި ސަލްޓަން ޕާކު ހުޅުވާނެ ގަޑިތައް ސިޓީ ކައުންސިލުން އާންމު ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލުމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލުން ތަރައްގީކޮށް ބަލަހައްޓަމުން ގެންދާ ޕާކުތަކާއި މައިޒާންތައް ހުޅުވާނީ ވަކި ގަޑިތަކެއްގައި ކަމަށެވެ.
އެގޮތުން މި ދުވަސްތަކުގައި ލޮނުޒިޔާރަތް ޕާކު ހުޅުވުމަށް ނިންމާފައި ވަނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން 5:45 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށެވެ.
ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކު މި ގަޑިތަކުގައި ހުޅުވަން ނިންމި ނަމަވެސް މާލޭގެ އެހެނިހެން ޕާކުތަކާއި މައިޒާންތައް ކުރިއެކޭ ވެސް އެއްގޮތަށް އާންމުކޮށް ހުޅުވާފައި ހުންނާނެއެވެ.
ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަކީ މާލޭގެ ރައްޔިތުން ހިތްފަސޭހަ ކޮށްލުމަށް އާންމުކޮށް ގޮސް އުޅޭ ދެ ޕާކެވެ. ރޯދަ މަހު ޕާކުތައް ހުޅުވާ ވަގުތު ކުޑަވުމުން ބައެއް ފަރާތްތަކުން އެކަމާ ނުރުހުން ފާޅުކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެ ގޮތުން ގިނަ ބަޔަކު ވަނީ ހެނދުނު ވެސް ޕާކު ހުޅުވުމަށް ގޮވާލާފައެވެ.