ރެސިޕީ

ދެން ރެސިޕީ: މިފަހަރު ޑަލްގޯނާ މިލްކްޝޭކް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޑަލްގޯނާ ކޮފީއޭ ބުނުމުން ނޭނގޭ މީހަކު މިހާރު މަދުވާނެއެވެ. މިދިޔަ އަހަރުގެ ލޮކްޑައުން ދުވަސްވަރު އެންމެ ގަދައަށް ގިރައިގެން ބުއި އެއްބަޔަކު ބުއި އެއްޗަކީ ޑަލްގޯނާ ކޮފީއެވެ. އެކަމަކު މިފަހަރު ދައްކަން މިއުޅެނީ ޑަލްގޯނާ ކޮފީގެ ވާހަކައެއް ނޫނެވެ. މިފަހަރު ގެނެސްދޭން މިއުޅެނީ ޑަލްގޯނާ މިލްކްޝޭކްގެ ރަހައެވެ.

Ads by Sosun Fihaara

ޑަލްގޯނާ ކޮފީ މީރު މީހުންނަށާއި ކޮފީ ބުއިންތައް ކަމުދާ މީހުންނަށް ވެސް މިއީ ވަރަށް ކަމުދާނެ ބުއިމެކެވެ.

ބޭނުންވާ ތަކެތި:

  • 2 މޭޒުމަތީ ސަމްސާ ކޮފީ ޕައުޑަރ
  • 2 މޭޒުމަތީ ސަމްސާ ހަކުރު
  • 2 ސައި ސަމްސާ ފެން
  • 1 ޖޯޑު ކިރު
  • 2 ސުކޫޕް ވެނީލާ އައިސްކްރީމް

ތައްޔާރުކޮށްލާނެ ގޮތް:

ފުރަތަމަ ، ކޮފީ އާއި ހަކުރާއި ފެން ތައްޓަކަށް އަޅާފައި އޮލަވަންދެން ގިރައިލާށެވެ. މިކްސަރުން ވެސް މިކަން ކޮށްލެވިދާނެއެވެ.

ދެން މިކްސަރަށް ކިރު، އައިސްކްރީމް އަދި ކުރިން ގިރި ކޮފީ މިކްސްޗާ ގެ އެއްބައި އަޅައި ގިރާލާށެވެ.

މިކްސަރުން ގިރާލި ބައި ތަށްޓަށް އަޅާލުމަށް ފަހު ބާކީ ހުރީ ކޮފީ މިކްސް ކޮޅު މައްޗަށް އަޅާލުމުން، ޑަލްގޯނާ މިލްކްޝޭކް އެ ހުރީ ތައްޔާރުވެފައެވެ. އިތުރަށް ފިނި ކުރަން ބޭނުން ނަމަ އައިސް ކިއުބް ވެސް އެޅިދާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!