ރެސިޕީ

ދެން ރެސިޕީ: ގޭގައި ބަޓަރ ޗިކަން ތައްޔާރުކޮށްލަމާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިންޑިއަން ކާނާތަކުގެ ތެރެއިން ވެސް ބަޓަރ ޗިކަން އަކީ ގިނަ ބަޔަކަށް ވަރަކަށް ކަމުދާ ކާ އެއްޗެކެވެ. ބަޓަރ ޗިކަން އަކީ ބަތް، ރޮށި، ފަރާޓާ، ނުވަތަ ނާނާ އެކު ކާލެވޭ މީރު ސައިޑް ޑިޝްއެކެވެ. މިއީ ގޭގައި ވެސް ތައްޔާރުކޮށްލެވިދާނެ ބާވަތެކެވެ.

Ads by Sosun Fihaara

ބޭނުންވާނެ ތަކެތި:
• ކަށިނެތް ކުކުޅު (ބޯންލެސް ޗިކަން)
• ލޮނު
• މުގުރި އަސޭމިރުސް
• ތެޅިމިރުސް
• ½ ސައިސަމުސާ ރީނދޫ
• ބަޓަރ
• 2 ބޮޑު ފިޔާ (ކޮށާފައި)
• 3 ސައިސަމުސާ ގަރަމް މަސާލާ
• 1 ސައިސަމުސާ ދިރި
• 1 ސައިސަމުސާ ރަތް މިރުސް ޕައުޑަރ
• 1 މޭޒުމަތީ ސަމުސާ އިނގުރު (ގާނާފަ)
• 3 ލޮނުމެދު (ކޮށާފަ)
• 1 ފޮނި ތޮށި
• 14 އައުންސް ޓޮމާޓޯ ސޯސް
• 1 ޖޯޑު ފެން
• 1 ޖޯޑު ހެވީ ކްރީމް ނުވަތަ ބޯކިރު

ތައްޔާރު ކުރާނެގޮތް:

• އެންމެ ފުރަތަމަ ތައްޓަކަށް ކަށިނެތް ކުކުޅުކޮޅު އެޅުމަށްފަހު އޭގެ މައްޗަށް ކުޑަ ލޮނުކޮޅަކާއި، އަސޭމިރުސް ކޮޅެއް އަދި 1 ސައިސަމުސާ ތެޅިމިރުހާއި، ރީނދޫ އެޅުމަށް ފަހު ހުރިހާ އެއްޗެއް ރަނގަޅަށް ކުކުޅުކޮޅުގައި ހޭކޭ ވަރަށް އެއްކޮށްލާށެވެ.
• ދެން އުނދުން މައްޗަށް ތަވާއެއް އުދުމަށް ފަހު 2 މޭޒުމަތީ ސަމުސާ ބަޓަރ ތަވާއަށް އަޅާށެވެ. އަދި އެއަށް ފަހު ބަޓަރކޮޅު ތެރެއަށް ކުރިން ތައްޔާރުކުރި ކުކުޅުކޮޅު އެޅުމަށްފަހު ރޯފިލާވަރަށް ފިހެލާށެވެ.
• ކުކުޅުކޮޅު ފިހެވުމުން ތަވާއިން ކުކުޅުކޮޅު ނެގުމަށް ފަހު އަނެއްކާ ވެސް ތަވާތެރެއަށް 2 މޭޒުމަތީ ސަމުސާ ބަޓަރ އަޅާށެވެ. އަދި ބަޓަރުކޮޅު ވިރުމުން އޭގެ ތެރެއަށް ކޮށާފައި ހުރި ފިޔާކޮޅާއި ގަރަމް މަސާލާކޮޅާއި އަދި 1 ސައިސަމުސާ ތެޅިމިރުސް އަޅާށެވެ. އެއަށްފަހު ދިރިކޮޅަކާއި ރަތް މިރުސް ޕައުޑާކޮޅު އަދި ގާނާފައިހުރި އިނގުރުކޮޅާއި ލޮނުމެދުކޮޅު ވެސް އަޅާށެވެ. އަދި ފޮނި ތޮއްޓާއި ލޮނު ކޮޅަކާއި އަސޭމިރުސް އެޅުމަށް ފަހު ފިޔާކޮޅު ރޯފިލަން ދެން އެއްކޮށްލާށެވެ.
• ފިޔާކޮޅު ރަތްވުމުން އޭގެތެރެއަށް ޓޮމާޓޯ ސޯސްކޮޅު އަޅާލާށެވެ. ރަނގަޅަށް ބޮކި ޖަހާވަރަށް ކެކުމުން ފެން ފޮދު އަޅާލާށެވެ.
• ދެން ސޯސްގަނޑު ރަނގަޅަށް ކެކުމުން އޭގެ ތެރެއަށް 1 ޖޯޑު ހެވީ ކްރީމް އަޅާލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު ކެކުމުން، ކުރިން ރޯފިލާވަރަށް ފިހެފައިހުރި ކުކުޅުކޮޅު އޭގެ ތެރެއަށް އަޅާލާށެވެ.
• 15-10 މިނެޓަށް ތަންކޮޅެއް މަޑު ގިނީގައި ކައްކާލުމަށްފަހު އޭގެ ތެރެއަށް އަނެއްކާ ވެސް 2 މޭޒުމަތީ ސަމުސާ ބަޓަރ އަޅާލާށެވެ. އެއިރުން ބަަޓަރ ޗިކަން ތައްޔާރުވީއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!