ޚަބަރު

އިންތިޚާބީ މަރުކަޒުން ރައީސް ނަޝީދު ބޭރު ކޮށްލައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ފޮޓޯ: ޚަބަރު އޮންލައިން

ހޮނިހިރު ދުވަހު ބޭއްވި 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ބައެއް ވޯޓްފޮށިތައް އަލުން ގުނުމަށް އިދިކޮޅުން ކުރަމުންދިޔަ މަސައްކަތްތަކާއި ގުޅިގެން ފުލުހުންނާ ސިފައިންގެ ހިމާޔަތުގައި، މަޖިލިސް ރައީސް އިންތިޚާބީ މަރުކަޒަށް ވަޑައިގެން ކުރެއްވި މަސައްކަތް ނާކާމިޔާބުވެ އާންމުން ނަޝީދު އިންތިޚާބީ މަރުކަޒުން ބޭރުކޮށްލައިފިއެވެ.

Ads by STELCO

ފުލުހުންނާއި ސިފައިންގެ ހިމާޔަތުގައި ނަޝީދު ވަޑައިގަތުމާއެކު އިދިކޮޅު ސަޕޯޓަރުން ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައިވާތީ ފުލުހުން ވަނީ އެ ހަމަނުޖެހުން މައިތިރި ކުރުމަށް ޕެޕަރ ސްޕްރޭގެ ބޭނުން ވެސް ކޮށްފައެވެ. އަދި މިވަގުތު އިންތިޚާބީ މަރުކަޒުތެރޭގައި ހުރިހާ ސިޔާސީ ޕާޓީތަކަކާއި އަމިއްލަ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން އެބަތިއްބެވެ.

ވޯޓު ފޮށިތައް ކަނޑައިގެން އިންތިހާބު އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން އިސްވެ މަސައްކަތް ކުރަމުން ދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިލެކްޝަންގެ އިންތިޚާބީ މަރުކަޒު ތެރެއަށް ވަނީ ވަދެފައެވެ.

އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރި ވަމުން އަންނަ އިރު، މީހުން ފޮނުވާލުމަށް ފުލުހުން ކުރި މަސައްކަތްތަކުގެ ތެރޭގައި އެކަކަށް އަނިޔާވުމުގެ ސަބަބުން ހޮސްޕިޓަލަށް ވެސް ވަނީ ގެންގޮސްފައެވެ.

Ads by HDC
  1. ޢަހަންމާ

    7ފެބުރުއަރީ ގެންނަންވީ މިއަދު

  2. ކިނބޫ

    މާލޭ ރައްޔިތުން ނޫނެކޭ ބުނީމާ ދެން މާލޭގެ ތަންތަނަށް ވަންނަން ނަހަދާ. ވަދެފިއްޔާ މާލޭ ރައްޔިތުން ވަދެ ދަމާ ނެރެ ހޫރާލާނެކަން އެނގެން ޖެހޭ.
    ހިތި ނާކާމިޔާބީގެ އަސްލަކީވެސް ކަލެއާއި ކަލޭގެ އައުވާނުން.
    މަޖިލިހުގަ އިނދެގެން ކުޑަކުޑަ ހަތަރުކަށިމަތި ކަހަލަ ނުބައިނުލަފާ މީހުން ލައްވާ ޅަވިޔަނި ބަހުން އެނބުރީ ލައްކަ ކިބުރުވެރިވެ އިނދެއެއްނު. ކަލޭގެ ޒަމާން ގޮއްސި އިންޝާﷲ. މޫނަށް ކުޅު ޖައްސަން ބޭނުން ނެތިއްޔާ ބާކީ އޮތް ދެއަހަރު މަޖިލިހު އުސް ގޮނޑީގަ އިނދެލާ. ތަންތަނަށް ވަންނަން ނަހަދާ. ރައްޔިތުން ކަލެއަށް ނަފްރަތު ކުރޭ. ރުޅި އަރުވަންޏާ އެމީހުނަށް ގޯހެއްވެސް ހެދިދާނެ. އެހާވެސް ރުޅިއާދޭ ކަލޭ ދެކެ.
    ހެޔޮ ނަސޭހަތެއް މިދިނީ!