ޚަބަރު

އީސީއަށް ދިޔައީ ޕީޕީއެމްގެ ލީޑަރާއި އިސްވެރިން އެތަނަށް ދިޔައީމަ، ހުރީ ބޭރުގައި: ނަޝީދު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އިދިކޮޅުން އިލެކްޝަންގެ އިންތިޚާބީ މަރުކަޒުގައި ހަޅުތާލު ކުރަމުން ދިޔައިރު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ އިންތިޚާބީ މަރުކަޒަށް ވަޑައިގަތީ އެތަނަށް ޕީޕީއެމްގެ ލީޑަރުންނާއި އިސް ވެރިން ވަޑައިގަތުމުން ކަމުގައި ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނު އީސީގެ އިންތިޚާބީ މަރުކަޒަށް ވަޑައިގަތީ، T4 ގެ ވޯޓު ފޮށި އަލުން ގުނަން ތައްޔާރު ވެފައި ވަނިކޮށް ޕީޕީއެމްގެ ލީޑަރުންނާއި، އިސްވެރިން އިލެކްޝަން ކޮމިޝަންގެ އިދާރާއަށް ވަދެވަޑައިގަނެ 30 މިނެޓު ވީ އިރު ވެސް ނުނިކުތުމާ ގުޅިގެން ކަމަށެވެ. އަދި އޮފިޝަލުން ނޫން އެއްވެސް މީހަކަށް އިލެކްޝަން ކޮމިޝަންގެ އިދާރާއަށް ވަދެވިގެން ނުވާނެ ކަމަށާއި، ޚުދު އެމަނިކުފާނު ވެސް ހުންނެވީ ބޭރުގައި ކަމަށް ވެސް ޓުވީޓުގައި ފާހަގަ ކުރައްވައިފައި ވެއެވެ.

ފުލުހުންނާއި ސިފައިންގެ ހިމާޔަތުގައި ނަޝީދު އިންތިޚާބީ މަރުކަޒަށް ވަޑައިގަތުމާއެކު އިދިކޮޅު ސަޕޯޓަރުން އަޑުގަދަކޮށް ހަމަނުޖެހުން ހިނގުމުން ފުލުހުން ވަނީ އެ ހަމަނުޖެހުން މައިތިރި ކުރުމަށް ޕެޕަރ ސްޕްރޭގެ ބޭނުން ވެސް ކޮށްފައެވެ.

އިންތިޚާބީ މަރުކަޒުތެރޭގައި ހުރިހާ ސިޔާސީ ޕާޓީތަކަކާއި އަމިއްލަ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން ވެސް ތިއްބެވެ.

Ads by Ooredoo
  1. ޢަހަންމާ

    ޜޯދަމަހެއް އެހެންމަހެއް މި ނަޝީދަކަށް ނޯވޯ ދޮގު ވެސް އެވަރަށް ހަދާ މި ސޮރު

  2. ޖާނޭ

    ނަޝީދަކީ ކަނޑު ފަޅުގައި ލެއްވިނަމަ އޮޑިދޯނި ފަހަރުވެސް ނުދުއްވޭނެ މީނަގެ ދުއްތުރާލާ ހުރެ.

  3. ޢީސަދަރި

    މިނަޝީދަށް 60ފަހަރު ތައްބަައްލަކަ

  4. ކިނބޫ

    އެމީހުން އެތަނަށް ދިޔައިމަ ކަލޭ ދާން ޖެހޭތަ؟ އެމީހުން ދުރަށް ލާނީ ފުލުހުން. ކަލެއާ ބެހޭ ކަމެއް ނޫން. ބަޔަކު މީހުން ނުކުމެ ދެފައި ބިންދާނުލަނީސް މައިތިރި އަރާ.