ޚަބަރު

އިދިކޮޅު ފަރާތްތަކުން އީސީގެ މުވައްޒަފުން ވޯޓު ގުނަމުން ދިޔަ އިރު ހުރަސް އެޅި: އެމްޑީޕީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލައި ނިމި، އެ ވޯޓުތައް ގުނުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަން (އީސީ) ގެ އިންތީޚާބީ މަރުކަޒުގައި ހިނގަމުން ދިޔައިރު، އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުން އެތަނަށް ވަޑައިގެން އީސީގެ މުޒައްޒަފުންގެ މަސަައްކަތަށް ހުރަސް އެޅި ކަމަށް އެމްޑީޕީން ތުހުމަތު ކޮށްފިއެވެ.

Ads by STELCO

މިކަމާ ގުޅިގެން ދާދި ދެންމެއަކު އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، އިލެކްޝަންގެ އިންތިޚާބީ މަރުކަޒުގައި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދިޔަ ވަގުތު އެތަނުގައި މާރާމާރީ ހިންގައިފައިވާ ކަމަށާއި، އެކަމަކީ އެމްޑީޕީން ކަންބޮޑުވާ ކަމެއް ކަމުގައެވެ. އަދި އެފަދަ އަމަލެއް ހިންގި ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް އަޅަން އެޕާޓީން ގޮވައިލައިފައި ވެއެވެ، މީގެ އިތުރުން ވޯޓުގެ ނަތީޖާ އިއުލާނު ކުރުމުގައި ދެފުށް ފެންނަ ގޮތަށް އީސީން ކުރުމުގެ ޖާގަ ދިނުމަށް ވެސް އެމްޑީޕީން ވަނީ ގޮވައިލައިފައެވެ.

މި އިންތިޚާބުގެ ވޯޓު އޮޅުވާލައިފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ އިލެކްޝަން ކޮމިޝަންގެ އިންތިޚާބީ މަރުކަޒު ތެރެއަށް ވަދެފައެވެ.

  1. ޖާނޭ

    ނުހޮވުނީމަ ސީންއެއް އުފައްދާލާ ސަމާލުކަން ހޯދާ މީޑިއާ ސްޓަންޓް ޖައްސަނީ. ހީވަނީ ކުޑައިރު މައިން ބަފައިންގެ ލޯބި ނުލިބި ބޮޑުވި ޔަތީމު ކުޖެއްހެން ވިއްޔާ. ޒަކާތް ބަހާ ދުވަހު ޔަތީމުންގެ ބައިން މީނައަށް ލާރިކޮޅެއް ދީބަލަ.