ޚަބަރު

ނަތީޖާ ޝީޓުގެ ބައެއް އަދަދުތައް ދިމައެއް ނުވޭ: އީސީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިލެކްޝަން ކޮމިޝަން -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މި މަހުގެ 10ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓްގެ އަދަދުތައް ދިމާނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

Ads by MWSC

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް ވިދާޅުވީ 18 ވޯޓު ފޮއްޓެއްގެ ނަތީޖާ ޝީޓްގައި މައްސަލަތަކެއް ފާހަގަ ކުރެވިފައިވާތީ އެ ވޯޓު ފޮށިތައް އަލުން ގުނަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ބައެއް ފޮށިތަކުގެ ނަތީޖާ ޝީޓް ތައްޔާރު ކޮށްފައިވާ ގޮތުން ނަތީޖާތައް މުޅީން ސާފު ނުވާކަން ވެސް ޝަރީފް މިއަދު ފާހަގަ ކުރެއްވިއެވެ.އޭގެ ތެރޭގައި ބައެއް ނަތީޖާ ޝީޓުތަކުގައި ވޯޓު ލީ މީހުންގެ ޖުމްލަ އަދަދާއި ބާތިލް ވޯޓާއި އަދި ސައްހަ ވޯޓު ދިމާނުވުމުގެ މައްސަލަ ވެސް ހިމެނެއެވެ.

ވޯޓް ޝީޓްތަކުގައި މައްސަލަ އުޅޭތީ އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ ސެކިއުރިޓީ އުރަތައް ހުޅުވައި އެކަންތައްތައް ބަލަން މަސައްކަތް ކޮށްފައެވެ. އެކަން ކުރަން އުޅުނީ އެ ވޯޓު ފޮށިތަކަށް ވޯޓު ލީ ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ފަރާތްތަކާއި ބައެއް މީޑިއާތަކުގެ ވެސް ހާޒިރުގައެވެ.

ނަމަވެސް އިންތިހާބީ މަރުކަޒު ދޮށަށް އާންމުންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭގޮތަށް ބައެއް ސިޔާސީ ފަރާތްތައް އެއްވުމުން އެކަން ކެންސަލް ކުރީ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް ވިދާޅުވިއެވެ.

Ads by Ooredoo
  1. އަދުރޭ

    މީ އަދި މަށައްވުރެ އަދަދު ޖަހަން މޮޅު ގޮލައެއް. އަންދާކައް ނުވޭތަ ކަރުދާސްކޮޅު މިފަހަރު.

  2. މަރީ

    ހުރިހާ ވޯޓުކަރުދާސް އަންދައިލީމާ ހުންނާނީ އަދަދުތައް މާ ބޮޑަށް ވެސް ދިމަވެފއެއްނު.