ދުނިޔެ

ސުއޭޒު ކެނަލުގައި ތާށިވި އާގުބޯޓު މިޞްރުގައި ހިފަހައްޓައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މިޞްރުގެ ސުއޭޒު ކެނަލުގައި އާގުބޯޓެއް ހުރަސްވެ އެ ސަރަޙައްދު ބަންދުވުމުން ލިބުނު ގެއްލުމުގެ ބަދަލު ދައްކަންދެން އެ އުޅަނދު ފުރިޔަ ނުދީ އެ ޤައުމުގައި ހިފަހައްޓައިފިއެވެ.

Ads by Sosun Fihaara

ސުއޭޒު ކެނަލް އޮތޯރިޓީން ބުނީ ކޯޓު ޢަމުރެއްގެ ދަށުން އެވަރ ގިވެން ފުރުން މަނާ ކޮށްފައިވާ ކަމަށެވެ. ބޯޓު ބީހުމުގެ ހާދިޘާގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 900 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ސުއޭޒު ކެނަލް އޮތޯރިޓީން ވަނީ އެދިފައެވެ.

ސުއެޒް ކެނަލްގައި ތާށިވި އެވަރ ގިވެން ބޯޓަކީ ޖަޕާނުގެ ކުންފުންޏެއްގެ ބޯޓެކެވެ. އެވަރ ގިވަން ސުއޭޒު ކެނަލުގައި ހުރަސްވީ މާރިޗު މަހުގެ 23ވަނަ ދުވަހުއެވެ. ދުނިޔޭގެ ހުޅަނގާއި އިރުމަތީ ބިތަށް މުދާ އުފުލުމުގައި ބޭނުން ކުރާ މައި މަގު ކަމުގައިވާ ސުއެޒް ކެނަލް ބަންދު ވުމާ ގުޅިގެން އެސަރަހައްދުން ދަތުރުކުރާ ބޯޓުތައް ވަނީ މަޑުޖެހިފައެވެ.

ސުއޭޒު ކެނަލު ހިންގާ މިޞްރުގެ ދަޢުލަތުގެ ޙިއްޞާ އޮންނަ ސުއޭޒު ކެނަލް އޮތޯރިޓީން ވަނީ އެ ހާދިޘާ ތަހުޤީޤު ކުރަން ފަށައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!