ދުނިޔެ

އިންޑިއާގެ ކޭސްތައް އިތުރުވުމާ ހިންދޫ ފެސްޓިވަލްއަކާ ގުޅިފައި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިންޑިއާގައި ކޮވިޑް-19 ކޭސްތައް އިންތިހާއަށް އިތުރުވެފައި ވަނީ ހިންދޫ ދީނުގެ މީހުންގެ ފެސްޓިވަލަކާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Ads by WAMCO

އޭޕްރިލް 12 ވަނަ ދުވަހު އޮތް މި ފެސްޓިވަލަށް ކުންބް މޭލާއިން 35 ހާހަށް ވުރެ ގިނަ މީހުން ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭޕްރިލް 10 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް އެ ހިސާބުން 1,086 ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ސަރަހައްދުތަކަށް އެއްވި މީހުން މާސްކު އަޅާފައިވާ ނުވާއިރު ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ އެއްވެސް ގައިޑްލައިނަކަށް ވެސް ތަބާވެފައެއް ނުވެއެވެ. އަދި 35 ހާސް މީހުން އެއް ސަރަހައްދަކަށް އެއްވުމުގައި އިޖުތިމާއީ ގައިދުރުކަން ވެސް ބަހައްޓާފައެއް ނުވެއެވެ.

މި ފެސްޓިވަލް ބޭއްވި ހިސާބުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ އުއްތަރަޚާންދުންނެވެ. އެ ހިސާބުގައި އޮތް ފެސްޓިވަލްއިން ނެގި ރެންޑަމް ސާމްޕަލްތަކުން 500 އަށް ވުރެ ގިނަ މީހުން ފައްސިވެފައިވެއެވެ. އަދި ފެސްޓިވަލްގެ ފަހުން ވެސް ގިނަ ބަޔަކު ވަނީ ފައްސިވެފައެވެ.

މި ފެސްޓިވަލްތަކަކީ ގިނަ ދުވަސްތަކަކަށް ދެމިގެންދާ ފެސްޓިވަލްތަކަކަށް ވުމުން ކޮވިޑް-19 ފެތުރުމަށް އޮންނަ ނުރައްކާ ބޮޑުވެގެންދާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އިއްޔެ އެކަނި ވެސް އިންޑިއާއިން އެއްލައްކަ އައްޑިހާ ހާހަށް ވުރެ ގިނަ މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!