ޑެންމާކުން އެސްޓްރަޒެނެކާ ވެކްސިން ޖެހުން ހުއްޓާލައިފި
ޑެންމާކުން އެސްޓްރަޒެނެކާ ވެކްސިން ޖެހުން ހުއްޓާލައިފިއެވެ.
ބޭރުގެ ނޫހަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ވެކްސިން ޖެހުން އެ ގައުމުން ހުއްޓާލާފައިވަ ނީ ވެކްސިން ޖެހުމަށް ފަހު ދިމާވާ ކަންތައްތަކުގެ ސަބަބުންނެވެ. ޑެންމާކަކީ މި ވެކްސިން ޖެހުން ހުއްޓާލި ފުރަތަމަ ގައުމެވެ.
އެ ގައުމުން މިގޮތަށް ނިންމާފައި ވަނީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން(ޑަބްލިއުއެޗްއޯ) ގެ ލަފާގެ މަތިންނެވެ. ވެކްސިންގެ ސަބަބުން ލޭ ، ގަނޑުވުމުގެ މައްސަލަތަކާއި، ބަނޑުގައި ރިއްސުން، ނޭވާ ކުރުވުން ފަދަ މައްސަލަތައް ކުރިމަތިވާކަމަށް ބުނެ އުފެދެމުންދާ ކަންބޮޑުވުންތަކާ އެކު ޑެންމާކާ އަވައްޓެރި ގައުމުތަކުން ވެސް ދަނީ މި ވެކްސިން ޖެހުން ހުއްޓަލުމާ ބެހޭގޮތުން މަޝްވަރާ ކުރަމުންނެވެ. އެގޮތުން ފިންލޭންޑުން ވެސް ދަނީ އެސްޓްރަޒެނެކާ ވެކްސިން ޖެހުން މަދުކޮށް އެހެން ވެކްސިންތައް ޖެހުމަށް ވާހަކަ ދައްކަމުންނެވެ.
މި ވެކްސިން ޖެހުމަށްފަހު ސައިޑް އެފެކްޓްސް ދިމާވި 6 މީހެއްގެ މައްސަލަ މިހާރު ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ބަލަމުންދާކަމަށް ރިޕޯޓް ކޮށްފައިވެއެވެ. މި 6 މީހުންނަކީ އުމުރުން 18 އަހަރާއި 48 އަހަރާ ދެމެދުގެ މީހުން ކަމަށާއި ވެކްސިން ޖެހިތާ 6 ދުވަހާއި 13 ދުވަހާ ދެމެދު ގިނަ މައްސަލަތައް ދިމާވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.
ޑެންމާކުގައި މި ވެކްސިން ޖެހުން ހުއްޓާލިއިރުު، އަންގާރަ ދުވަހު އެމެރިކާ، ކެނެޑާ އަދި ޔޫރަޕިއަން ޔޫނިއަނުން ވަނީ ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖެހުން ވެސް ވަގުތީގޮތުން މެދުކަނޑައިލައިފައެވެ. އެ ވެކްސިން ޖެހުން މެދުކަނޑައިލައިފައި ވަނީ ވެސް ލޭ ، ގަނޑުވުމުގެ މައްސަލަތަކަކާ ގުޅިގެންކަމަށް ރިޕޯޓުތައް ބުނެއެވެ.