ޚަބަރު

ރާއްޖޭގެ އާބާދީއަށް ވެކްސިން ދީ ނިމުމުން ފަތުރުވެރިންނަށް ވެކްސިން ޖަހައިދޭނެ

ރައުފާ ރަޝީދު ، ދެން އޮންލައިން
ވެކްސިން ޖަހަނީ-- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރާއްޖޭގެ މުޅި އާބާދީ އަށް ވެކްސިން ދީ ނިމުމުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ވެކްސިން ޖަހައިދޭން ފަށަން މަސައްކަތް ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މައުސޫމް ވިދާޅުވީ "ތްރީ ވީ" ސްޓްރެޓަޖީގެ ދަށުން ޓޫރިސްޓުންނަށް ވެކްސިން ދޭ މި ޕްރޮގްރާމް ކުރިއަށްދާނީ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިންގެ ދެ ޑޯޒް ދީ ނިމުމުން ކަމަށެވެ. އަދި ޓޫރިސްޓުންނަށް ދޭ ވެކްސިނަށް އެމީހުން އަތުން ޗާޖު ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑު19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ލިބުނު ގެއްލުމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާއިރު، މިހާރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ ގިނަވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 342832 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ. ޖަނަވަރީ މަހު ރާއްޖެއަށް އައިސްފައި ވަނީ 92103 ފަތުރުވެރިންނެވެ. ފެބްރުއަރީ މަހު 96882 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު މާރޗްމަހު މި އަދަދު ވަނީ 109585 އަށް އަރާފައެވެ. އަދި މިމަހުގެ ފުރަތަމަ 13 ދުވަހު ރާއްޖެއަށް 44262 ފަތުރުވެރިން އައިސްފައި ވެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!