އިހްޔާކުރުމުގެ ފުރަތަމަ ޖަލްސާ މިރޭ!

1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމުގެ ގޮތުން ބާއްވާ ފުރަތަމަ ޖަލްސާ މިރޭ 9:30 ގައި އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނެފިއެވެ.
އެ ގޮތުން މިރޭގެ ޖަލްސާގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވަނީ "ރަމަޟާން މަހާއި ނަބަވީ ފިލާވަޅު" މި މައުލޫއަށެވެ. އަދި މި ޖަލްސާގައި ޑރ އަހުމަދު ޒާހިރު އަލީ އާއި ޑރ އަބްދުއްސައްތާރު އަބްދުއްރަޙްމާން ބައިވެރިވެވަޑައިގަންނަވާނެ ކަމުގައި ވެސް މިނިސްޓްރީން ބުނެފައަިވެއެވެ.
މީގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މިންގަނޑާ އެއްގޮތްވާ ގޮތަށް މި ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ފާހަގަ ކުރިއެވެ.