ޚަބަރު

މާލެ ސިޓީ ގެއްލުނު ނަމަވެސް 11 އަތޮޅުގެ ވެރިކަން އެމްޑީޕީއަށް ، ޕީޕީއެމްއަށް 7 އަތޮޅު!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖްސް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަން ކުރާ އެމްޑީޕީއަށް މާލެ ސިޓީ ގެއްލުނު ނަމަވެސް 11 އަތޮޅެއްގެ އަތޮޅު ކައުންސިލް ރައީސްކަން އެ ޕާޓީން ހޯދައިފިއެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި އެމްޑީޕީން ވަނީ 11 އަތޮޅާއި 3 ސިޓީ ކާމިޔާބު ކޮށްފައެވެ. އެއީ ހއ، ހދ،ށ،ނ،ބ،އއ،އދ،ވ،މ،ދ އަދި ލ އަތޮޅެވެ. އެމްޑީޕީން ކާމިޔާބުކުރި ތިން ސިޓީއަކީ ފުވައްމުލަކާއި ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީއެވެ. އައްޑޫގެ މެޖޯރިޓީ އެ ޕާޓީއަށް ލިބެނީ މޭޔަރުގެ ގޮނޑި ހިމަނައިގެންނެވެ.

މި އިންތިޚާބުގައި ޕީޕީއެމްއާއި އެމްޑީޕީ ފިޔަވައި އެހެން އެއްވެސް ޕާޓީއަކަށް އަދި މިނިވަން ކެނޑިޑޭޓަކަށް ވެސް އަތޮޅު ރައީސްކަން ހޯދިފައެއް ނުވެއެވެ. ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީ ލީޑު ކުރަމުންދާ އދ.އަތޮޅު ވެސް އެ ޕާޓީއަށް ވަނީ ގެއްލިފައެވެ.

އެމްޑީޕީން 11 އަތޮޅު ނެގިއިރު ބާކީ އޮތް 7 އަތޮޅު ނެގީ އިދިކޮޅު ޕީޕީއެމުންނެވެ. އެއީ ރ،ޅ،ކ،ފ،ތ އަދި ހުވަދޫގެ ދެ އަތޮޅެވެ.

އަތޮޅުތަކުގެ ނިސްބަތުން އެމްޑީޕީން ބޮޑު ކާމިޔާބެއް ހޯދި ނަމަވެސް ، މާލެ ސިޓީގެ ސުޕަރ މެޖޯރިޓީ އިދިކޮޅުން ނެގުމާއި އައްޑޫ ސިޓީގެ 12 ގޮނޑީގެ ތެރެއިން 6 ގޮނޑި ގެއްލުމާއެކު ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި މިއީ އެމްޑީޕީއަށް ނާކާމިޔާބު އިންތިޚާބެކެވެ.

Ads by Allied Insurance
  1. އައްޔު

    އެމްޑީޕީގެ އަސްލު ސްޓެރެޖީއަކީ ކޮބައިކަން ތިޖެހުނީ ބުނެދޭން
    ކޮންމެ އަތޮޅަކަށްވެސް އަދި ރަށުކައުންސިލަށްވެސް ނެރެނީ އެރަށެއް ނުވަތަ އެއަތޮޅުގެ އާއިލާ އެންމެ ބޮޑުމީހާ ބަލާފައި އެންމެންވެސް އިނގޭ ކައުންސިލް އިންތިޚާބަކީ އާއިލާއަށް ދާ އެއްޗެއްކަން ވަކިތާއީދު އޮވެގެނެއްނޫންކަން ރައްޔިތުންނަށް އޮޅުވާނުލާ ނަޝީދޫ

  2. ށަލަބް

    އަންނިއަށް މިވަނީ ހަމަ މައިމޫނަށް ވީ ވަރު. އަންނި ޤަބޫލުކުރަން ވެއްޖެ، އަންނިއަށް ލިބޭ ސަޕޯޓަ ގެއްލޭކަން.