ދުނިޔެ

އިންޑިއާގައި 15 ދުވަހުގެ ކުއްޖަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ވިހެއުމުގެ ތެރޭގައި މަންމަގެ ފަރާތުން ކޮވިޑް-19 ޖެހުނު 15 ދުވަހުގެ ކުއްޖަކު އެ ބަލީގައި މަރުވެއްޖެއެވެ.

Ads by WAMCO

ގުޖުރާތުގެ ސޫރަތު ސިޓީގެ ޑައިމަންޑު ހޮސްޕިޓަލުން ބުނި ގޮތުގައި ތުއްތު ކުއްޖާއަށް ކޮވިޑް-19 ޖެހިފައި ވަނީ އޭޕްރިލް މަހުގެ 1 ވަނަ ދުވަހުއެވެ. ކުއްޖާއަށް ވައިރަސް ޖެހުނީ އެކުއްޖާގެ މަންމަ ފަރާތުންނެވެ.

އެކުއްޖާގެ މަންމަ ވަނީ ކޮވިޑަށް ފަރުވާ ދިނުމަށް އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ. ނަމަވެސް ކުއްޖާގެ ހާލު ދެރަވުމުގެ ސަބަބުން ކުއްޖާއަށް ފަރުވާ ދީފައި ވަނީ ކުއްޖާ އުފަންވި ޑައިމަންޑު ހޮސްޕިޓަލުގައެވެ.

ކުއްޖާއަށް އައިސީޔޫގައި ފަރުވާދިން އިރު ހާލަތު އިތުރަށް ގޯސް ވިޔަ ނުދިނުމަށް ކުއްޖާއަށް ވަނީ ރެމްޑެސީވަރ އިންޖެކްޝަން ވެސް ޖަހާފައެވެ. އެ އިންޖެކްޝަންއަކީ ކޮވިޑް-19ގެ ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމުގެ ހުއްދަ އިންޑިއާގައި ދީފައިވާ އެންޓިވައިރަލްއެކެވެ.

15 ދުވަހުގެ ތުއްތު ކުއްޖާ އެންމެ ފަހުގެ ނޭވާ ލައިފައި ވަނީ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ބުރާސްފަތި ދުވަހުގެ ރެއެވެ.

ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް އެ ސްޓޭޓުގެ ކުރީގެ މޭޔަރު ވަނީ އެ ކުއްޖާއަށް އޭނާގެ ބްލަޑް ޕްލާސްމާ ވެސް ހަދިޔާ ކޮށްފައެވެ. އޭނާއަކީ ކުރިން ކޮވިޑް ޖެހިގެން ރަނގަޅު ވެފައިވާ މީހެކެވެ.

ބުރާސްފަތި ދުވަހު އެކަނި ވެސް ސޫރަތު ސިޓީން 1551 މީހުންނަށް ކޮވިޑް-19 ޖެހި، 26 މީހަކު ވަނީ މަރުވެފައެވެ.

ފާއިތުވި ދެ ހަފްތާ ތެރޭގައި އިންޑިއާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އަންނަނީ ރެކޯޑު މިންވަރަކަށް އިތުރުވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!