އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި

އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު މާލެއިން ހައްޔަރު ކޮށްފިއެވެ.
އެ އަންހެން މީހާ ރޭޕްކުރީ ގަދަކަމުން ގެއެއްގެ ތެރެއަށް ވައްދައިގެން ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައިގައި ފުލުހުން ރޭ ހައްޔަރު ކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި މައްސަލަ ރިޕޯޓު ކޮށްފައި ވަނީ ވެސް ދެ މީހަކު ވެގެން އަންހެނަކު ރޭޕްކުރި މައްސަލައެއްގެ ގޮތުގައި ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް ސީރިއަސް އަދި އަވަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކޮށް، ޝަރީއަތަށް ފޮނުވާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ މައްސަލަތަކުގައި އަނިޔާލިބޭ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ވެސް ވިދާޅުވެފައިވެއެވެ.