ރެސިޕީ

ދެން ރެސިޕީ: ވެނީލާ ފްރުޓް ޕުޑިން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

Ads by Sosun Fihaara
  • 2/3 ޖޯޑު ހަކުރު
  • 1/4 ޖޯޑު ޒުވާރި ފުއް
  • 1/4 މޭޒުމަތީ ސަމުސާ ލޮނު
  • 2 1/2 ޖޯޑު ކިރު
  • ކެޝޫ ނަޓް
  • 4 ބިހުގެ ގޮބޮޅި
  • 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
  • 2 މޭޒު މަތީ ސަމުސާ ބަޓަރ
  • 1 ޕެކެޓް މާރީ ބިސްކޯދު
  • މިކްސް ފުރުޓް ދަޅެއް

ތައްޔާރު ކުރާނެގޮތް:

ހަކުރު، ޒުވާރިފުށް އަދި ލޮނު ކޮޅު އެއްކޮށްލާށެވެ. މަޑު މަޑުން ކިރުފޮދު އަޅަމުން އެއްކުރި ތަކެތި ގިރާލާށެވެ. ރީއްޗަށް ގިރާ ނިމުމުން ބިހުގެ ގޮބޮޅިތައް ގިރާލުމަށް ފަހު މީގެ ތެރެއަށް އަޅާލާށެވެ. މި އެއްކުރި ތަކެތި ތެއްޔަކަށް އަޅާލުމަށް ފަހު އުންދުން މަތީ މަޑުގިނީގައި ކައްކާލާށެވެ. އޮލަވާން ފެށުމުން ބަޓާރުކޮޅާއި ވެނީލާ އެސެންސް ކޮޅު އަޅާލާ އެއްކޮށްލާށެވެ. އުންދުން ނިވާލުމަށްފަހު ހިހޫވުމުން ފުރިޖުގައި 3 ގަޑިއިރު ބަހައްޓާލާށެވެ.

ޓްރޭގައި ބިސްކޯދު ލޭޔާރއެއް އަޅާލާށެވެ. ބިސްކޯދުތައް ތެއްމައިލުމަށް ފުރުޓްދަޅުގައި ހުރި ސިރަޕްކޮޅު ބޭނުންކޮށްލާށެވެ. ބިސްކޯދުތައް މައްޗަށް ކުރިން ތައްޔާރުކޮށްލި ޕުޑިކޮޅުން ލޭޔާރއެއް އަޅާލާށެވެ. މިގޮތަށް ލޭޔާރ އަކަށް ފަހު ލޭޔަރއެއް އަޅާލާށެވެ. ކޮންމެ ލޭޔާރއެއް މައްޗަށް ފުރުޓް ކޮޅަކާ ނަޓްސް ކޮޅެއް އަޅާލާށެވެ. އެއްކޮށް ލޭޔާރކޮށް ނިމުމުން ސެޓް ކޮށްލަން ފުރިޖަށްލާށެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!