ދެން ރެސިޕީ | މޮންގޯލިއަން ރައިސް
ބޭނުންވާތަކެތި:
- 2 ޖޯޑު ކައްކާފަ ހުރި ބާސްމަތީ ރައިސް
- 1 ފިޔާ
- 3 ލޮނުމެދު
- 1/2 ސައިސަމުސާ ގާނާފަ ހުރި އިނގުރު
- ލޮނު
- 1/2 ސައިސަމުސާ ތެޅިމިރުސް
- 1/2 ސައިސަމުސާ އަސޭމިރުސް
- 300ގ ރޯފިލުވާފައި ހުރި ކުކުޅު ( ބޯންލެސް ، ކުދިކޮށް ކޮށާފައި )
- 1 ޖޯޑު ސްޕްރިންގ އޮނިއަން
- 3 ބިސް
- 1/2 ޖޯޑު ރަތް އަދި ފެހި ކެޕްސިކަމް
- 1 ޖޯޑު ކެބެޖް
- 1 ޖޯޑު ކޯން
- 1 މޭޒުމަތީސަމުސާ އޮއިސްޓަރ ސޯސް
- 3 މޭޒުމަތީ ސަމުސާ ސޯޔާސޯސް
- 3 މޭޒުމަތީ ސަމުސާ ތެޔޮ
ތައްޔާރުކުރާނެ ގޮތް:
އުނދުން މައްޗަށް ތަވައެއް އުދުމަށް ފަހު ޔެތޮފޮދު އަޅާ ހޫނުވުމުން އިނގުރު، ލޮނުމެދު އަދި ފިޔާކޮޅު އަޅައި ވަޅޯ ކޮށްލާށެވެ. ދެން ކެޕްސިކަމް، ކުކުޅު އެޅުމަށް ފަހު 3 މިނެޓް ވަންދެން ކައްކާލާށެވެ. ތަވާގައި ހުރި އެތިކޮޅު ތަވައިގެ އެއްކައިރިއަށް ޖައްސާލުމަށް ފަހު ބިސް ކޮޅުއަޅާ ރޯފިލުވާލާށެވެ. އެއަށްފަހު ކެބެޖް، ސްޕްރިންގ އޮނިއަން، ކޯން ކޮޅު، ތެޅިމިރުސް، އަސޭމިރުސް އަޅާ ރަނގަޅަށް މޯޅި ކޮށްލާށެވެ. ދެން ސޯސްތަކާއި ލޮނު އަޅާލުމަށްފަހު ބަތް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
Ads by Allied Insurance