ދުނިޔެ

އަޅަންވީ 2 މާސްކު، ރައްކާތެރިކަން އިތުރުކޮށްދޭ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19ގެ އިތުރު ރާޅުތައް ދުނިޔޭގެ އެކި ޤައުމުތަކަށް ނަގަމުންދާއިރު، ރައްކާތެރި ކަމުގެ ގޮތުން އިތުރު ފިޔަވަޅުތައް ހުރިހާ ޤައުމެއްގައި ވެސް ދަނީ އަޅަމުންނެވެ. ބައެއް ޤައުމުތައް ލޮކްޑައުންއަކަށް ދިޔައިރު، އަނެއްބައި ޤައުމުތަކުގައި ވަނީ ކާފިޢު އިޢުލާންކޮށްފައެވެ. ކޮވިޑް-19ގެ ބިރުވެރިކަން އެންމެ ބޮޑަށް ފެތުރިފައިވާ އިންޑިއާގައިވެސް ސަލާމަތީ ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ. މިގޮތުން އެޤައުމުގެ ޑަކްޓަރުން ވަނީ 2 މާސްކް އަޅައިގެން އުޅެން އެޤައުމުގެ ރައްޔިތުންނަށް އިރުޝާދު ދީފައެވެ.

Ads by Sosun Fihaara

އިންޑިއާގެ ފޯޓިސް-ސީ-ޑޯއޯސީގެ ޗެއަރމަން، އަނޫޕް މިސްރާ ބުނެފައި ވަނީ އެއް މާސްކް އެޅުމަށް ވުރެ، ދެ މާސްކް އެޅުން ބުއްދިވެރިވެފައި ރައްކާތެރި ކަމަށެވެ.

"މާސްކް އެޅުން މަޖުބޫރު ދެއްތޯ؟ އެހެންވީމަ ހިނގާ މިކަން ރަނގަޅަށް ކުރަން، ދެ މާސްކް އަޅުއްވާ، އެތެރޭން ޑިސްޕޯސަބަލް މާސްކެއް، ބޭރުން ފޮތި މާސްކެއް. ކޮވިޑް-19 ޖެހުމުގެ ފުރުސަތު އޭރުން ބޮޑުތަނުން ކުޑަވާނެ." ޓައިމްސް އިންޑިއާ ޓީވީއަށް ދިން ބަސްދީގަތުމެއްގައި މިސްރާ ވިދާޅުވިއެވެ.

މިކަމަށް ބުރަވާ ދިރަ\ާސާއެއް ޔުނިވާސިޓީ އޮފް ނޯތް ކެރޮލައިނާ ހެލްތު ކެއަރއިން ވަނީ ކޮށްފައެވެ. މިދިރާސާއިން ދައްކާގޮތުގައި ކޮވިޑް-19 ވައިރަސް އަނގައަށް ނުވަތަ ނޭފަތަށް ވަންނަ ދޮރުގައި، މޫނުމަތި، ނިވައިކުރުމުން ކޮވިޑް-19 އިން ރައްކާތެރިކޮށްދޭ މިންވަރު އިތުރުވެއެވެ. އަދި 2 މާސްކު އަޅައިފިނަމަ ކޮވިޑް-19 ޖެހުމުން 95 އިންސައްތަ ރައްކާތެރިކޮށްދޭ ކަަމަށް ވެސް މިދިރާސާގައި ބުނެފައިވެއެވެ.

އާއްމުކޮށް މީހުން ބޭނުން ކުރަނީ ފޮތި މާސްކް ކަމަށްވެފައި މިފަދަ މާކްސް ތަކަކީ ސީދާ ވައިރަހުން ސަލާމަތްވުމަށް ހަދައިފައިވާ މާސްކް ކަމުގައިވުމުން ޑަބަލް ލޭޔަރ މާކްސް ނޫން ނަމަ 2 މާކްސް މަތިމައްޗަށް އެޅުން ބުއްދިވެރިއެވެ.

މިހާތަނަށް ދުނިޔެއިން 141 މިލިޔަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، މިބަލީގައި މަރުވި މީހުންގެ އަދަދު 3 މިލިޔަނަށްވުރެ ގިނައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!