ދެން ރެސިޕީ | ގްރޭޕްސް މޮހިޓޯ
ބޭނުންވާ ތަކެތި:
- 300 ގްރާމް މޭބިސްކަދުރު (އޮށް ނަގާފައި)
- 400 އެމްއެލް ފެން
- 1/3 ޖޯޑު ހަކުރު
- 1/2 ލުނބޯ
- 250 އެމްއެލް ސްޕްރައިޓް
- 6 މިންޓް ލީފް
- 5-6 އައިސް ކިއުބްސް
ތައްޔާރުކޮށްލާނެ ގޮތް:
އެންމެ ފުރަތަމަ ތަވަޔަކަށް ފެންފޮދު އަޅާލައި، މޭބިސްކަދުރު ކޮޅު އަޅާލާށެވެ. ފެންގަނޑު ކެކެން ފެށުމުން ހަކުރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ހަކުރު ހިކުނަ ނުދިނުމަށް އޭގެ ތެރެއަށް ލުނބޯ ފަޅި ފިތާލާށެވެ. 15 ވަރަކަށް މިނަޓު ކެއްކުމަށްފަހު އުނދުންމަތިން ބާލައި، ހިހޫ ވަންދެން ބަހައްޓާށެވެ. ރަނގަޅަށް ހިހޫ ވުމުން ބިއްލޫރި މޭސަން ޖާއަކަށް އަޅައި ފްރިޖަށް ލާށެވެ. މޮހިޓޯ ތައްޔާރުކުރުމަށް ބޭނުން ވާނީ ތަށްޓަކަށް 1/4 ޖޯޑުގެ މޭބިސްކަދުރު ޖޫހެވެ.
އެއްތަށި ތައްޔާރުކުރުމަށް 1/4 ކުރިން ތައްޔާރުކުރި މޭބިސްކަދުރު ޖޫސް އަޅައި، އޭގެ ތެރެއަށް އައިސް ކިއުބް އަދި ސްޕްރައިޓް އަޅާށެވެ. އަދި މިންޓު ފަތްކޮޅު ވެސް ލައި ރަނގަޅަށް ގިރާލާށެވެ.
Ads by Allied Insurance