ރެސިޕީ

ދެން ރެސިޕީ | ބްލޫބެރީ ކޮފީ ކޭކް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޭނުންވާތަކެތި:

Ads by Sosun Fihaara
  • 1 ޖޯޑު ބްރައުން ޝުގާ
  • 2/3 ޖޯޑު ފުށް
  • 1 ސައިސަމުސާ މުގުރި ފޮނިތޮށި
  • 2 ޖޯޑު ބަޓަރ
  • 2 ޖޯޑު ފުށް
  • 2 ސައިސަމުސާ ބޭކިން ޕައުޑަރ
  • 1/2 ސައިސަމުސާ ލޮނު
  • 1 ޖޯޑު ހަކުރު
  • 1 ބިސް
  • 1 ސައިސަމުސާ ވެނީލާ އެސެންސް
  • 1/2 ޖޯޑު ކިރު
  • 1 ޖޯޑު ބުލޫބެރީސް

ތައްޔާރުކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ބްރައުން ޝުގާ، ފުށް، ފޮނިތޮށި އަދި  1/2 ބަޓަރ ރަނގަޅަށް ކްރީމް ވަންދެން އެއްކުރާށެވެ.

އެހެން ތަށްޓެއްގައި ބާކީ ހުރި ބަޓަރާއި ހަކުރު އަޅާށެވެ. ހަކުރު ރަނގަޅަށް ވިރުމުން އޭގެ ތެރެއަށް ބިހާއި ކިރާއި ވެނީލާ އެސެންސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު 2 ޖޯޑު ފުށް، ބޭކިން ޕައުޑަރ އަދި ލޮނު އަޅާ އެއްކޮށްލާށެވެ.

ކޭކު ފިހަން ޓްރޭ ތައްޔާރުކޮށް، ދެވަނައަށް ގިރި ކޭކު ފުށްގަނޑުގެ އެއްބައި އަޅައި އޭގެ މައްޗަށް ބުލޫބެރީސް ކޮޅު އަޅައިލާށެވެ. ބާކީ ހުރި ފުށްގަނޑު އަޅާލުމަށް ފަހު އޭގެ މައްޗަށް ބްރައުން ޝުގާ މިކްސް އަޅައިލުމަށް ފަހު 175 ޑިގްރީގައި 1 ގަޑިއިރު ފިހެލާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!