ހަފްތާއަކު އެއްފަހަރު އިސްތަށިގަނޑުގައި ބިސް ހާކަންވީ މިހެންވެ!
އުމުރުން ދުވަސްވުމަކީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ޓަކައި ބައެއް މީހުންނަށް އެޅޭ ހުރަހެކެވެ. ކުރިން ހުންނަ ތާޒާ ކަމާއި އާރާއި ބާރު އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅިގެން ދާނީ ނެތި ދަށްވަމުންނެވެ. މިސާލެއްގެ ގޮތުން ބަލާ ކަމުގައި ވާނަމަ ބެލުން އެންމެ ރަނގަޅު އެއްޗަކީ އިސްތަށިގަނޑެވެ. އަޅުގަނޑުމެންނަށް ވެސް މިކަން ފާހަގަ ވާނެއެވެ.
ބޮލުން އިސްތަށި ފައިބާ އިސްތަށިގަނޑު ހަލާކު ވުމަކީ އުމުރުން ދުވަސްވާ ވަރަކަށް ދިމާވާ މައްސަލަ އެކެވެ. ނަމަވެސް އެއީ މިހާރު ޒުވާން ފުރައިގެ ކުދިންގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. މިކަން މިގޮތަށް މެދުވެރި ވަނީ އިސްތަށިގަނޑު ދިގުކުރުމަށާއި ވަރުގަދަކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ސެލްތައް މަދުވުމުން ނުވަތަ މަރުވާން ފެށުމުންނެވެ.
މި މައްސަލަ ހައްލު ކުރުމަށް އަޅުގަނޑުމެން އަގުބޮޑެތި ޝޭމްޕޫތަކާ ތެޔޮ އަދި "ހެއަރ ޓްރީމެންޓް" ހައްދަނީ ހަޤީޤަތުގައި ވަރަށް ފަސޭހައިން ވެސް ހައްލު ލިބެން އޮއްވައެވެ. ޤުދުރަތީ މާއްދާ ތަކުގެ އެހީގައި އިސްތަށިގަނޑަށް ފަރުވާ ހޯދިދާނެއެވެ. ބޭނުން ވަނީ ފަސޭހައިން ލިބޭ އެއްޗިއްސެވެ. ކުރަން ޖެހެނީ ނުހަނު ކުޑަ މަސައްކަތެކެވެ. ނަމަވެސް ބޭނުން ވަނީ ކެތްތެރިކަމާ ހިތްވަރެވެ. ނަތީޖާ ތިން މަސް ދުވަސް ތެރޭ ދައްކުވައިދޭ މި ޤުދުރަތީ މާއްދާ އަކީ ކުކުޅު ބިހެވެ.
ކުކުޅު ބިހޭ ބުނުމުން ގިނަ މީހުން ބޭނުން ކުރާ ހިތް ނުވެދާނެއެވެ. ނަމަވެސް މިއީ އިސްތަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. އަގުބޮޑު ޝޭމްޕު ތަކުން ނުގެނެސްދެވޭ ބަދަލުތައް ކުކުޅު ބިހުގެ އެހީގައި އެންމެ ތިން މަސް ދުވަސް ތެރޭ ގެނެސްދެއެވެ.
ކުކުޅު ބިސް ބޭނުންކޮށްގެން އިސްތަށިގަނޑުގައި ހޭކުމަށް ޓަކައި ޕޭސްޓް ތައްޔާރު ކުރަންވީގޮތް:
ބޭނުންވާ ތަކެތި
- 2 މޭޒުމަތީ ސަމްސާ ސަންފްލާވަރ ތެޔޮ
- 1 ސައިސަމްސާ މާމުއި
- 1 ކުކުޅު ބިހުގެ ގޮބޮޅި
ތައްޔާރު ކުރާނެ ގޮތް
މަތީގައި ބުނެފައިވާ ތިން ބާވަތް ރަނގަޅަށް އެއްކުރާށެވެ.
އެއަށްފަހު ތައްޔާރު ކުރެވުނު ޕޭސްޓް ރަނގަޅަށް އިސްތަށިގަނޑުގައި ހާކާށެވެ. އަދި އިސްތަށިގަނޑު ރަނގަޅަށް ވައި ބޭރު ނުވާނޭ ގޮތަށް ބަންދު ކުރާށެވެ. 15 މިނިޓަށް މަޑު ކުރުމަށް ފަހު އާދައިގެ ޝޭމްޕޫ އަކުން އިސްތަށިގަނޑު ރީތިކޮށް ދޮވެލާށެވެ. ކޮންމެ ހަފްތާއެއްގެ ވެސް އެއް ދުވަހެއްގައި މިގޮތަށް ކަންތައް ކުރުމުން 3 މަސް ދުވަސްތެރޭގައި ނަތީޖާ ފެންނާނެއެވެ.
3މަސ