ޚަބަރު

ކައުންސިލް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ދެން އިމޭޖްސް: އިބްރާހިމް ޝަމްވީލް

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ފަށައިފައި ވަނީ މިއަދު މެންދުރު 1:00ގައެވެ.

މި ހިނގާ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގައެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ހއ. ތަކަންދޫ އާއި ބ. ކިހާދޫ ގައި ދެވަނަ ބުރު ބާއްވަން ޖެހެއެވެ. އެ ދެ ރަށުގެ ކައުންސިލަށް އިންތިހާބު ކުރަން ޖެހެނީ ފަސް މެންބަރުންނެވެ. ނަމަވެސް އެންމެ މަތިން ވޯޓް ހޯދި ހަތަރު ކެންޑިޑޭޓުންގެ ފަހަތުން ދެ ކެންޑިޑޭޓަކު ވަނީ އެއްވަރަށް ވޯޓް ހޯދާފައެވެ.

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައި ވަނީ 713 ފޮއްޓެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!