ދެން ރެސިޕީ | މީރު ފޮނި އެއްޗަކަށް ހަލުވިދާ

މީރު ފޮނި އެއްޗަކަށް ހަލުވިދާ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭނެއެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަލުވިދާ ހަދާލެވޭއިރު މިއީ ދިވެހިންގެ ތެރޭގައި އާންމުކޮށް ކައި އުޅޭ ފޮނި އެއްޗެކެވެ.
ބޭނުންވާތަކެތި:
½ ޕެކެޓު ހަލުވިދާ ( އަގަރުއަގަރު)
5 ޖޯޑު ފެން
½ ދަޅު ގެރިކިރު
ކުލަ (އެމީހަކަށް މަކުދާ މިންވަރަކަށް)
ފިނިފެން(ރޯސްވޯޓާ)
3 މޭޒުމަތީސަމްސާ ހަކުރު
ތައްޔާރުކުރާނެގޮތް:
ފެން ހޫނުކުރަން އުނދާލާށެވެ. އިރުކޮޅަކަށް ބަހައްޓާލުމަށްފަހު ފެން ކެކިގަތުމުން ހަލުވިދާ( އަގަރުއަގަރު) އަޅާލާށެވެ. ރަނގަޅަށް އެއްކޮށްލުމަށް ފަހު ހަކުރު އަދި ގެރިކިރު އަޅާލާ އެއްކޮށްލާށެވެ. އިރުކޮޅަކަށް މަޑު ގިނީގައި ކައްކާލުމަށްފަހު ބޮކިޖަހަން ފެށުމުން ކުލަ، ބޭނުންވާ މިންވަރަކަށް ކުލަ އަޅައި އެއްކޮށްލާށެވެ.
އުނދުން ނިއްވާލުމަށްފަހު ފިނިފެން އަޅާލާށެވެ. އަދި ރަނގަޅަށް ހިހޫ ވަންދެން އައިސްއަލަމާރިއަށް ނުލައި ބަހައްޓާށެވެ. ގާތްގަޑަކަށް 2 ގަޑި އިރު ބެހެއްޓުމަށްފަހު ބޭނުންވާ ބައްޓަމަކަށް ކަފާލާށެވެ. ފިނިކޮށް ކާން ބޭނުންވާ ނަމަ ފިނިކޮށްލައިގެން ވެސް ކާލެވޭނެއެވެ.