ދުނިޔެ

އައިސީޔޫއެއްގައި ރޯވެ ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ 13 މީހަކު މަރުވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އަލިފާނުގެ ހާދިސާއިން ސަލާމަތްވި މީހުންވަނީ އެހެން ހޮސްޕިޓަލުތަކަށް ބަދަލުކޮށްފަ

އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓުގެ ވިރާރު އޭރިއާގެ ވިޖޭ ވައްލާބް ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) ގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަނުގައި އެވަގުތު ފަރުވާ ދެމުން ދިޔަ 13 މީހަކު މަރުވެއްޖެއެވެ.

Ads by WAMCO

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ކަން ހިނގާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި އެ ވަގުތު އައިސީޔޫގައި 17 މީހަކަށް ފަރުވާދެމުން ދިޔަ ކަމަށާއި އެތަނުން ސަލާމަތް ކުރެވުނީ 4 މީހުން ކަމަށްވެސް ނޫސްތަކުން ރިޕޯޓް ކުރެއެވެ.

އައިސީޔޫގައި އަލިފާން ރޯވި ވަގުތު 17 މީހުންނަށް ވެސް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ. މަރުވި 13 މީހުންގެ ތެރެއިން ގިނަ މީހުން މަރުވެފައި ވަނީ އަލިފާނުގެ ހާދިސާގެ ސަބަބުން ވެންޓިލޭޓަރުތަކުގައި ރޯވެގެން ނޭވާ ނުލެވުމުގެ ސަބަބުންނެވެ. އަދި ބައެއް މީހުން ފިހިގެން ލިބުނު ޒަޚަމްތަކުގެ ސަބަބުން ވެސް މަރުވެފައިވެއެވެ.

އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ. މިގޮތުން އިއްޔެ އެކަނި ވެސް އެޤައުމުން 3 ލައްކައަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. މިއީ ކޮވިޑް-19އަށް ފައްސިވި މީހުންގެ އަދަދު 3 ލައްކައަށް ވުރެ ޖެހިޖެހިގެން މަތިވި ދެވަނަ ދުވަހެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!