ރެސިޕީ

ދެން ރެސިޕީ | ޗޮކްލެޓް ބްރެޑް

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއީ ވަރަށް ފަސޭހައިން ގޭގައި ތައްޔާރުކޮށްލެވޭ އެއްޗެކެވެ. އާންމުކޮށް ވައިޓް ބްރެޑް ، ކައި އުޅުނަސް ޗޮކްލެޓަށް ލޯބި ކުރާ މީހުންނަށް މި ބްރެޑް ވެގެން ދާނީ އަބަދުވެސް ކާން ބޭނުންވާ މީރު އެއްޗަކަށެވެ.

Ads by WAMCO

ބޭނުންވާތަކެތި:

3 ޖޯޑު ފުށް

2/1 ޖޯޑު ހަކުރު

2/1 ޖޯޑު ހޫނު ފެން

2/1 2 ޖޯޑު + 2 މޭޒުމަތީ ސަމުސާ ފުލްކުރީމް މިލްކް

4/2 ބަޓާރ ( މެލްޓް ކޮށްފައި )

2 މޭޒުމަތީ ސަމުސާ އީސްޓް

1 މޭޒުމަތީ ސަމުސާ ލޮނު

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

1 ޗޮކްލެޓް ޕްލޭން

1 ބިސް

ކޮކޯ ޕައުޑަރ

ތައްޔާރުކުރާނެ ގޮތް:

ބޮޑު ބޯތައްޓަކަށް ހޫނުފެން އަޅާ އޭގެ ތެރެއަށް އީސްޓް އަދި 1 މޭޒުމަތީ ސަމުސާ ހަކުރު އަޅާފައި މަތީގައި ފޯމް ހެދެންދެން ބަހައްޓާލާށެވެ. ގާތްގަނޑަކަށް 5 ވަރަކަށް މިނެޓް ވާންދެނެވެ. 

އެހެން ތައްޓެއްގައި ފުށް، ކޮކޯ ޕައުޑަރު، މިލްކް، ވެނީލާ އެސެންސް، ބަޓާރ، ލޮނު އަދި ބާކީ ހުރި ހަކުރު ކޮޅު އެއްކޮށްލާށެވެ. އަދި ގިރުވި އީސްޓް ކޮޅު މަދު މަދުން އެއްކޮށްލާށެވެ. އެއަށް ފަހު އެހެން ތައްޓެއްގެ ތެރޭގައި ކުޑަ ތެޔޮކޮޅެއް ހާކާލުމަށް ފަހު އެ ތައްޓަށް ފުއްގަނޑު ލާށެވެ. ސާފު ފޮތިކޮޅަކުން ނުވަތަ ޕުލާސްޓިކް ވުރެޕްއިން މަތި ބަންދުކޮށްލުމަށް ފަހު 1 ނުވަތަ 2 ގަޑިއިރު ވަންދެން ބަހައްޓާލާށެވެ.

ފުއްގަނޑު ނަގައި ޓްރޭގައި ޕާން ހުންނަހެން ފަތުރާލާށެވެ. އަދި މަތީގައި ބިސްކޮޅު އުނގުޅާލުމަށް ފަހު އަވަނަށްލާ 35 ނުވަތަ 40 މިނެޓް ފިހެލާށެވެ. އަވަނުން ނަގައި ހިހޫ ވުމުން ޗޮކްލެޓް މެލްޓް ކޮށްފައި މައްޗަށް ފަތުރާލާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!